
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ގެންގޮސްފައިވާ ޔަހޫދީ އަސީރުންގެ ތެރޭގައި ހިމެނޭ ތިން މީހެއްގެ ހަށިތައް ޔަހޫދީ ބާރުތަކުން ހޯދާފައިވާ ކަމަށް ޔަހުދީ ދައުލަތުގެ އަސްކަރިއްޔާއާއި ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިޢުލާނު ކޮށްފިއެވެ. ޔަހޫދީން ހޯދާފައިވާ ހަށިތަކުގެ ތެރޭގައި ހިމެނެނީ އާންމުންނަށް ނިޞްބަތްވާ ދެ މީހެއްގެ ހަށިގަނޑާއި ޔަހޫދީ އަސްކަރިއްޔާގެ ސިފައިންގެ މީހެއްގެ ހަށިގަނޑެވެ. އެ ތިން މީހުންނަކީ ވެސް އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ދިން ޙަމަލާގައި މަރުވެފައިވާ ތިން މީހުން ކަމަށް ޔަހޫދީން ބުނެއެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ކެތް ނުކުރެވިގެން ޙަމާސުން ދިން ޖިހާދީ ޙަމަލާގައި ޔަހޫދީންގެ 251 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވެއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު މީގެ ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަމާސުން ވަނީ ގިނަ ޢަދަދެއްގެ އަސީރުން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން މިހާތަނަށް 199 މީހުން މިނިވަން ކޮށްފައިވާއިރު، އޭގެ ތެރެއިން 148 މީހުން މިނިވަން ކޮށްފައި ވަނީ ދިރިތިއްބައެވެ. އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި އަދިވެސް 50 އަސީރުން ތިބި ކަމަށް ބެލެވޭއިރު، މި ވަގުތު އޭގެ ތެރެއިން ދިރިތިބީ 20 ވަރަކަށް މީހުން ކަމަށް ޤަބޫލު ކުރެވެއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ އަސީރުންތަކެއް މަރުވެފައި ވަނީ ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމަށެވެ. ދާއިމީ ގޮތަކަށް ޢުދުވާން ހުއްޓާލައި، ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރާނަމަ އަސީރުން މިނިވަން ކުރަން ތައްޔާރަށް ތިބި ކަމަށް ޙަމާސުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އޮކްޓޯބަރު 7ގެ ޙަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. މިހާރު ދެމުންދާ ޙަމަލާތައް ވަކިން ވަރުގަދަ ކަމަށް ޣައްޒާގެ ރައްޔިތުން ދަނީ ބުނަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ 51 ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމްލަ ޢަދަދު މިހާރު 56،000އަށް އުފުލިފައިވާއިރު، އިތުރު 131,242 މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
