
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޮބެލް ސުލްޙައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހަޅަން ނިންމާފައިވާ ކަން ޕާކިސްތާނުން ހާމަކޮށްފިއެވެ. ޓްރަމްޕަކީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދުކޮށް، އީރާންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ޓްރަމްޕްގެ އަމުރަށް ޔަހޫދީންނާ ބައިވެރިވެ، ޖޫން 22ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ޕާކިސްތާނުން ބުނީ، އެ ޤައުމާއި އިންޑިޔާއާ ދެމެދު ދާދި ފަހުން މަސްރަޙު ގޯސްވެ، ބަދަލު ކުރަމުން ދިޔަ ޙަމަލާތައް ހުއްޓުމަކަށް ގެނައުމުގައި ޓްރަމްޕް އިސް ދައުރެއް އަދާ ކުރައްވާފައިވާ ކަމުގައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމު ކުރުމުގެ މޭސްތިރިއަކީ އޭނާ ކަމަށާއި، ނޮބެލް ސުލްޙައިގެ އިނާމަށް އޭނާގެ ނަން ހުށަހެޅުމަށް ނިންމާފައި ވަނީ އެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމުގައެވެ. ޕާކިސްތާނުން މިކަން އިޢުލާނު ކޮށްފައި ވަނީ، ޔަހޫދީންނާ ބައިވެރިވެ އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުގެ ކުރިންނެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ނޮބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅުމަށް ޕާކިސްތާނުން ނިންމާފައި ވަނީ، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ވިސްނަވަމުން ގެންދަވާ ކަން ޓްރަމްޕް ހާމަކުރެއްވުމުން، އެ ވިސްނުން ދޫކޮށްލެއްވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބެލެވޭ ކަމުގައެވެ. ޔަހޫދީން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް ކަމަށާއި، ޔަހޫދީންގެ ޢުދުވާނުގެ ސަބަބުން ސަރަަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމުގައި ވެސް ޕާކިސްތާނުން ބުންޏެވެ. މޭ މަހުގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަމުން ގޮސްފައިވާ ޙަމަލާތައް ހުއްޓުމަކަށް ގެނެސްފައިވާ ކަން ފުރަތަމަ އިޢުލާނު ކުރައްވާފައި ވަނީ ވެސް ޓްރަމްޕެވެ. ޕާކިސްތާނާއި އިންޑިޔާއަކީ ނިއުކްލިޔަރ ހަތިޔާރު އުފައްދާ ދެ ބާރެވެ. ޓްރަމްޕް ވިދާޅުވީ، ނިއުކްލިޔަރ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ދެއްވަން ބޭނުން ނުވާ ކަމުގައެވެ. އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުވުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްތަކަށް ލިބުނު ތާރީފު ކުޑަވުމާ ގުޅިގެން އޭނާ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.
އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޓްރަމްޕްގެ މަސައްކަތުން ކަމުގައި ޕާކިސްތާނުން ޤަބޫލު ކުރެއެވެ. ނަމަވެސް، އިންޑިޔާއިން ބުނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޕާކިސްތާނާ އެކު ކުރެވުނު ދޭދޭ މަޝްވަރާތަކުގެ ދަށުން ކަމުގައެވެ. އިސްލާމްއާބާދީ ނިއު ދެއްލީއާ އެކު ޚާރިޖީ ދާއިރާއިން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޙަމަލާ ބަދަލު ކުރުން މެދުކެނޑުމަކަށް ގެނައުމުގައި ޓްރަމްޕްގެ ދުރުވިސްނުމާއި މޮޅުކަން ހާމަވެގެން ދިޔަ ކަމުގައި ޕާކިސްތާނުން ބުންޏެވެ. އަދި، ޙަމަލާ ބަދަލު ކުރުން މެދުކެނޑުމަކަށް ގެނެވުނީ ޓްރަމްޕްގެ މަސައްކަތުން ކަމުގައި ވެސް ޕާކިސްތާނުން ބުންޏެވެ. “އެ މަސައްކަތުން ދޭހަވަނީ ސުލްޙަ ޤާއިމު ކުރުމަށް ތެދުވެރި ނިޔަތެއްގައި އޭނާ [ޓްރަމްޕް] ކުރައްވަމުން ގެންދަވާ މަސައްކަތްތައް،” ޕާކިސްތާނުން ބުންޏެވެ.
ނޮބެލް ސުލްޙައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޤައުމުތަކަށް ވެސް ލިބިގެންވެއެވެ. އެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާނެ ކަން ޕާކިސްތާނުން ހާމަކުރުމާ ގުޅިގެން ވޮޝިންގޓަނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. އަދި، އިންޑިޔާގެ ސަރުކާރުން ވެސް އެ ކަމާ މެދު އެއްޗެއް ބުނެފައެއް ނުވެއެވެ. ޖޫން 20ވަނަ ދުވަހު ޓްރަމްޕް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނެެވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ލިސްޓެއް ސޯޝަލް މީޑިޔާގައި ޝާއިޢު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމުގެ މޭސްތިރިއަކީ އޭނާ ކަމުގައެވެ. އަދި، ވެރިކަމުގެ ފުރަތަމަ ދައުރުގައި ޔަހޫދީންނާއި މުސްލިމް ޤައުމުތަކާ ދެމެދު ގުޅުން ޤާއިމު ކުރުމަށް އިބްރާހީމް މުޢާހަދާ އެކުލަވައިލެއްވި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. “އަހަރެން ކޮންމެ ފަދަ މަސައްކަތެއް ކުރި ނަމަވެސް ނޮބެލް ސުލްޙައިގެ އިނާމެއް ލިބޭނެހެން ހިޔެއް ނުވޭ،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
