
ކުޅުމުގެ ހުއްދަ ދިނުން ލަސްވާތީވެ ހިތްހަމަ ނުޖެހިގެން ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގެ ފޯވަޑް ފޯވަޑް އޮސްމާނޭ ޑެމްބެލޭ، ފިސްޓަސް ކޯޗާ ‘ތަޅައިގެންފި’ އެވެ. މި ވަގުތު ކުލަބު ވޯލްޑް ކަޕުގައި ކުޅެން އެމެރިކާގައި ތިބި ޓީމަށް ކުޅެން ޑެމްބެލޭ ހުރީ ނުހަނު ކެތްމަދުވެފަ އެވެ. އޭނާ ދެކޭ ގޮތުގައި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑީއޯ އެވޯޑް މި އަހަރު ހޯދަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ނަމަވެސް މި މުބާރާތުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ކުޅެވޭގޮތް ނުވެފަ އެވެ.
ޕީއެސްޖީގެ ދެ ވަނަ މެޗު އޮތީ މި އަންގާރަ ދުވަހުގެ ރޭގަ އެވެ. ޑެމްބެލޭ ކެތްތެރިކަން ކޮޅުން ލައިދިޔައީ ފިޓްނަސް ކޯޗު އޭނާ ފިޓްނޫން ކަމަށް ބުނާތީ އެވެ. އެމެރިކާގެ މީޑިއާ ތަކުން ބުނަނީ ފިޓްނަސް ކޯޗުން ޑެމްބެލޭ ލައްވައި ދިގު ޑްރިލްތަކާއި ޓްރޭނިންގެ ކުރިން ގިނަ އެކްސަސައިޒްތަކެއް ކުރުވާ ކަމަށެވެ. ނަމަވެސް ކުޅެން ހުއްދަ ނުދޭތީވެ ކުޅުންތެރިޔާ ރުޅިގަދަވީ ކަމަށެވެ. އަދި އޭނާ އަށް ކުޅުމުގެ ހުއްދަ ދިނުމަށް ޑެމްބެލޭ ދަނީ ވަރަށް ބޮޑަށް ބާރުއަޅަމުން ކަމަށެވެ.
އުމުރުން 27 އަހަރުގެ ޑެމްބެލޭ ވަނީ ނިމިދިޔަ ސީޒަނުގައި ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގު ޕީއެސްޖީ އަށް ކާމިޔާބުކޮށްދީފަ އެވެ. މިހެންވެ ބެލޮންޑީއޯ އެވޯޑް ލިބުން އެންމެ ގާތް އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވެނީ ބާސެލޯނާގައި ތިން ތަށި ހޯދައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅުނު ޒުވާން ފޯވަޑް ލަމީން ޔަމާލެވެ. ނަމަވެސް ބާސެލޯނާ އަށް ކުލަބު ވޯލްޑް ކަޕުން ފުރުސަތު ނުލިބޭތީވެ، ޑެމްބެލޭ ދެކޭ ގޮތުގައި މިއީ އޭނާ އަށް ބެލޮންޑީއޯ އެވޯޑް ލިބޭނެކަން ޔަގީން ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި 33 ގޯލު ޖަހާފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
