
އެމެރިކާ އިން އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ދިނުމާ ގުޅިގެން ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީ ހަނގުރާމަވެރިން ވަރުގަދަ އިންޒާރެއް ދީފިއެވެ. ހޫތީ ގްރޫޕްގެ މެމްބަރެއް ކަމަށްވާ މުހައްމަދު އަލް- ފަރަހް ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުން ވަނީ ހަނގުރާމަ ނިމުމަކަށް ގެންނަން ނޫން ކަމަށެވެ. އަދި އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާ އިން ބޮން އެޅުމަކީ ހެދި ގޯހެއް ކަމަށް ވެސް އޭނާ ބުންޏެވެ. “ނިއުކްލިއާ ފެސިލިޓީއެއް ހަލާކުކޮށްލައިގެން އެއީ ހަނގުރާމައެއް ނިމުމަކަށް އައުމެއް ނޫން. އެއީ ފެށުން،” ހޫތީ އޮފިޝަލް ބުންޏެވެ.
އިސްރާއީލް އާއި އީރާންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، އެމެރިކާގެ ބޯޓުތަކަށް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު މީގެ ގަޑިއިރުތަކެއް ކުރިން ހޫތީ ހަނގުރާމަވެރިން ވަނީ ދީފައެވެ. ހޫތީ ހަނގުރާމަވެރިން މީގެކުރިން ވަނީ ރަތް ކަނޑުން ދަތުރު ކުރި ބޯޓުފަހަރުގެ ތެރެއިން އިސްރާއީލްއާ ގުޅުން ހުރި އަދި އެ ގައުމަށް ވާގިވެރިވާ ބޯޓުފަހަރަށް ހަމަލާދީފައެވެ. އެކަމާ ގުޅިގެން އެމެރިކާގެ މަތިންދާ ބޯޓު އުފުލާ އަސްކަރީ މަނަވަރުތައް މެދުއިރުމައްޗަށް ފޮނުވާފައިވެއެވެ.
ޓްރަމްޕް ބުނީ އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތައް ބޭނުންކޮށްގެން އީރާންގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީފައިވާ ކަމަށެވެ. ހަމަލާދިނީ ފޯޑޯ، ނަތަންޒް، އެސްފަހަންގައި ހުރި ނިއުކްލިއާ ސައިޓުތަކަށް ކަމަށާއި އެ ހަމަލާ ކާމިޔާބު ކަމަށް ވެސް ޓްރަމްޕް ބުންޏެވެ. އެކަމަކު، މި ހަމަލާގައި ނިއުކްލިއާ ފެސިލިޓީތަކަށް ލިބުނީ ކޮން ގެއްލުމެއް ކަމެއް އޭނާ ނުބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
