
ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދިޔަ އިންވެސްޓްމަންޓް ސްކީމަކީ ސްކޭމެއްކަން ހާމަވުމުން، މިހާރު އަނެއްކާ ވެސް “ކުއަންޓް ޕޭން” ނަމަކަށް ކިޔާ އައު ޕިރަމިޑް ސްކީމެއް ޕްރޮމޯޓުކުރަން ފަށައިފިއެވެ. އެތައް ހާސް ބަޔަކަށް ލަނޑު ދިނުމަށްފަހު، ރާއްޖޭގައި އިންވެސްޓަރުންގެ ގިނަ ބަޔަކު ބައިވެރިވި ޕިރަމިޑް ސްކީމް، ޖެމްކިއު ނުވަތަ ޖީއެމްސީ ހުއްޓާލިއިރު، އެ ސްކީމަށް އިންވެސްޓުކޮށްފައިވާ 50,000 އަށްވުރެ ގިނަ މީހުން ޓެލެގްރާމް ޗެނަލުގައި ތިއްބެވެ. އެ ޗެނަލް މެދުވެރިކޮށް އައު ސްކީމް ޕްރޮމޯޓް ކުރަމުން އަންނަކަން ވަނީ ހާމަވެފައެވެ. އެގޮތުން އިންވެސްޓްކުރުމުން ފައިދާއާއެކު އިންވެސްޓްމަންޓް ލިބޭނެ ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއް ކަމަށް ބުނެ، ފޭކް ސިޓީއެއް ސްކީމުގެ ބައިވެރިން ތިބޭ ޓެލެގްރާމް ގްރޫޕަށް ލައި ފައިސާ ނުނެގޭ ގޮތް ވަނީ ހަދާފައެވެ. ނަމަވެސް އެއީ ފޭކު ސިޓީއެއްކަން ފަހުން ވަނީ ހާމަވެފައެވެ. އިއްޔެ ޖެމްކިއުގެ މޯބައިލް އެޕްލިކޭޝަން ވެސް މަސައްކަތްކުރުން ހުއްޓާލާފައިވާއިރު، އެ މީހުން އަލަށް ޓެލެގްރާމް ޗެނަލުގައި ޕްރޮމޯޓުކުރަން ފެށީ “ކުއަންޓް ޕޭން” ނަމަކަށް ކިޔާ ޕްލެޓްފޯމެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ސްކީމް ހިންގަނީ ވެސް ޖެމްކިޔު ޕްރޮމޯޓުުކުރުގައި އިސްކޮށް އުޅުނު ފަރާތްތައް ގުޅިގެންނެވެ.
ޖެމްކިއު ޕްރޮމޯޓަރުން މިއަދު ޓެލެގްރާމް ގްރޫޕަށް ފޮނުވި މެސެޖުތަކުގައި ބުނެފައިވަނީ އެ މީހުންނަށް ޖެމްކިއުއިން ލިބެންޖެހޭ ޖަވާބު އަދިވެސް ނުލިބޭ ކަމަށާއި، އެ ޕްލެޓްފޯމް ދެން ހިނގާނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ޖެމްކިއުގެ މާކެޓިން ޑިޕާޓްމަންޓުން ޖަވާބެއް ނުލިބޭ ކަމަށާއި، ސްކީމް ދެން ކުރިއަށްދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ. ޖެމްކިޔު ސްކޭމުގައި ހިމެނެނީ އިސް ހަތް ފަރާތެއް ކަމަށް މީގެ ދެ ދު ވަސްކުރިން ދިވެހި ފުލުހުން ހާމަކޮށްފައިވާއިރު، އެ ހަތް މީހުންނަކީ އެ ސްކީމް ފެށުނުއިރު ވަދެ ފަހުން ސީނިއާވި މީހުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ ފަރާތްތަކަށް ތަހުގީގެއް ހިންގައި ފިޔަވަޅު އަޅަން ފުލުހުން ނިންމި ނަމަވެސް، ސްކީމްގައި ބައިވެރިވި އާންމު ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ވިސްނުމެއް މިވަގުތު ފުލުހުންގެ ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.
50,000 އަށްވުރެ ގިނަ ދިވެހީން އެ ސްކީމްގައި “އިންވެސްޓް” ކޮށްފައިވެއެވެ. އިދާރާތަކުގެ ސަމާލުކަމަށް އެ ސްކީމް އައިއިރު ވެސް 25,000 އަށްވުރެ ގިނަ ދިވެހީން ދިޔައީ އެއަށް ފައިސާ ލަމުންނެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ޖެމްކިއު ހިންގާ ފަރާތްތަކުން އިންވެސްޓަރުންނަށް އޮޅުވާލަމުންދާކަން ބޭރުގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާތަނަށް ހޯދިފައިވާ ކަމަށެވެ. މިހާރު އާ ސްކީމެއް ޕްރޮމޯޓުކުރަން ފެށުމުން، މިފަދަ ޕިރަމިޑް ސްކީމްތަކުގެ ނުރައްކަލާ މެދު އާންމުން ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
