
އިސްރާއީލުން އީރާނަށް އަމާޒުކޮށް ދެމުން އަންނަ ވައިގެ ހަމަލާތައް ކުށްވެރިކުރައްވާ ކަމަށާއި އެ ހަމަލާތަކުގެ ސަބަބުން އީރާންގެ ސަލާމަތަށް ބުރޫ އަރަމުންދާ ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވެއްޖެއެވެ. ތުރުކީގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިސްރާއީލުން އީރާނަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އީރާންގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވެފައިވާ ކަމަށެވެ. އިސްރާއީލްގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު އަމަލެއް ކަމުގައި ސައުދީ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
“މިއީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޮތް ނުރައްކަލެއް،” ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. ފައިސަލް ވަނީ އީރާންގެ ހަމަލާތައް ކުށްވެރި ކުރައްވައި، އިސްރާއީލުން އީރާނަށް އަމާޒުކޮށް ހަމަލާތައް ދިނުން ހުއްޓާލަން ގޮވާލައްވައިފައެވެ. އަދި މަޝްވަރާގެ މޭޒަށް އައިސް، ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަށް ފައިސަލް ވަނީ ގޮވާލައްވައިފައެވެ. ފައިސަލްގެ ވާހަކައިގައި އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ އިސްރާއީލާއި ފަލަސްތީނަށް ވަކި ދައުލަތެއް ބޭނުންވާ ކަމަށާއި ސައުދީން އެކަމަށް ތާއީދު ކުރާ ކަމަށެވެ.
މިދިޔަ ޖޫން 13 އިން ފެށިގެން އިސްރާއީލުން އީރާނަށް ދެމުން އަންނަ ހަމަލާތަކުގައި އީރާނުގެ 430 މީހުން ޝަހީދުކޮށްލައި 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އިސްރާއީލުން ދަނީ އީރާންގެ ރައްޔިތުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ވެސް ހަމަލާތައް ދެމުންނެވެ. އިސްރާއީލުން އެންމެ ފުރަތަމަ ހަމަލާ ދިނީ އީރާންގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ފެސިލިޓީތަކަށާއި އަސްކަރިއްޔާގެ ވެރިން އުޅުއްވާ ގެތަކަށެވެ. އެ ހަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސްވެރިންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ.
އޭގެ ފަހުން އީރާނުން ވެސް ދަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ވެސް ދެމުންނެވެ. މި ހަނގުރާމައަށް ހަފްތާއެއް ވެގެން ދިޔައިރު، ހަނގުރާމަ ހުއްޓާލަން އުޅޭ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
