
(ފޮޓޯ ކްރެޑިޓްސް: ހެލްތް މިނިސްޓްރީ)
ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމާގުޅޭ ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައްކޮށްފައިވަނީ ޞިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް (އެންއައިއެޗް) އަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން މިޒިޔާރަތުގައި އެންއައިއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ޓެކްނިކަލް އޮފިޝަލުންނާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ހެލްތް މިނިސްޓްރީ)
މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމާއި ކެޕޭސިޓީ ހަރުދަނާ ކުރުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން ފީލްޑް އެޕިޑެމިއޮލޮޖީ ޓްރޭނިންގ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް (އޭއެމްއާރު) މޮނިޓަރިންގ، އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އައިޕީސީ)، އަދި ޑިޒީޒް ސަރވޭލަންސް ސިސްޓަމް ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެ ފަރާތުންވެސް ވަނީ ފަންނީ އެއްބާރުލުން އިތުރުކުރުމާއި، ތަމްރީނުތަކުގެ ފުރުސަތުތަކާއި، މުއައްސަސާތަކުގެ ގުޅުންތައް އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ.
ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ހިމެނޭ ވަފްދުން ޕާކިސްތާނަށް ކުރަމުންދާ ދަތުރުގެ ތެރެއިން ވަނީ އެޤައުމުގެ އާމްޑް ފޯސަސް އިންސްޓިޓިއުޓް އޮފް ޔޫރޮލޮޖީ (އޭއެފްއައިޔޫ) އާއި އާމްޑް ފޯސަސް ބޯންމެރޯ ޓްރާންސްޕްލާންޓް ސެންޓަރު (އޭއެފްބީއެމްޓީސީ) އަށް ޒިޔާރަތްކޮށް، ކްލިނިކަލް ޚިދުމަތްތަކާއި އިންސްޓިޓިއުޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
