
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ތަޢުލީމީ ދާއިރާގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ އަހަރުވެސް އެކަށީގެންވާ ބަޖަޓެއް ހިމަނާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ 3 ވަނަ ދަންފަޅީގައި ވަޒީރު ވަނީ ތަޢުލީމީ ދާއިރާގައި މިހާރު ކުރިއަށްގެންދާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ތައުލީމީ ވުޒާރާގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޒަމާނުއްސުރެ އެ ވުޒާރާގައި އޮތް ބައެއް ކަންކަން ބަދަލުކޮށް ތައުލީމީ ދާއިރާގެ އިދާރީ ކަންކަން ވީހާވެސް ޒަމާނާ ގުޅޭގޮތަށް އަދި ސްކޫލްތަކަށް ބޭނުންވާ އިރުޝާދާއި ލަފާ ފަންނީ އެހީތެރިކަން ދެވޭފަދަ މިންވަރަކަށް އެވުޒާރާ ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2024 ވަނަ އަހަރަށް ވުރެ 2025 ވަނަ އަހަރުގެ ތަޢުލީމީ ވުޒާރާގެ ބަޖެޓް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެކި ޕްރޮގްރާމްތައް ހިންގުމަށް މިއަހަރުގެ ބަޖެޓަށް 300 މިލިޔަނެއްހާ ރުފިޔާ އިތުރުކުރިކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުވެސް ތަޢުލީމީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅުއްވާނެކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދަރިވަރުންގެ ބޮލަކަށް ޖެހޭ މިންވަރު މަތިނުކޮށް ތަޢުލީމީ ފެންވަރު މަތި ނުކުރެވޭނެކަމަށެވެ. “ދަޢުލަތުގެ އިކޮނަމީގައި ކެރި ފޯރުންތެރިކަން ހުރި މިންވަރާއެކު އެންމެ ރަނގަޅު ބަދަލެއް އައިސްފައިވަނީ ތަޢުލީމީ ދާއިރާއަށް. އަދި އެގޮތުގައި ކުރިއަށްދާނެ.” ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައިވެސް ވަޒީރު ވަނީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. ވަޒީރު ވަނީ މިދާއިރާއަށް މޮޅެތި ދަރިވަރުންތަކެއް ވަދެ މޮޅެތި މުދައްރިސުންނަށްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޮލޭތި ދަރިވަރުންތަކެއް އުފެއްދުމަށް މޮޅެތި މުދައްރިސުން ބޭނުންވާކަމަށާއި ޤައުމު ކުރިއެރުވޭނީ މޮޅެތި މީހުންނަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
