
ކަނޑުތައް ޙިމާޔަތްކޮށް، ކަނޑުތަކުން ލިބޭ ނަފާ ދެމެހެއްޓެނިވިގޮތެއްގައި އިތުރުކުރުމަށް މަސައްކަތްކުރަންޖޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި “މޫދު ފެސްޓް”ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ “މޫދު ފެސްޓް”ގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު މޫދަށް އަހުލުވެރި ކުރުވުންކަމަށެވެ. އަދި މިކަން މިހާރުގެ ޖީލުން ތަޖުރިބާކޮށް އަންނަން އޮތް ޖީލަށްވެސް މިކަން ދެމިގެން ދިއުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. ކަނޑުތައް ޙިމާޔަތް ކުރުމަށާއި، ކަޑުތަކުން ލިބޭ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުތުމަށްވެސް ވިސްނަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރައިސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރި ސިނާއަތު އޮތް ހާލަތާ، މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމައްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ކަނޑުތަކާ ގުޅޭ ދިރާސާގެ މަސަައްކަތް ކުރުމަށް އެ ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަ އިިސްކަމެއް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ވަރަށް ބޮޑަށް ރިސާރޗަށް ބޭސްކޮށް ދިވެހިރާއްޖޭގެ ކަންކަން ނިންމުމަށް ރައިސުލްޖުމްހުރިއްޔާ ބާރު އަޅުއްވާ. އަޅުގަނޑުމެންވެސް ކަނޑުގެ ކަންކަން ކުރާއިރު ބަލަނީ ރިސާރޗް ބޭސްޑް މަސައްކަތްތަކެއްގެ އަލީގައި. ޙަޤީޤަތުގައި އަޅުގަނޑުމެން ނަގާ ޑިޒިޝަނެއްވެއްޖެޔާވެސް ނަގަން މަސައްކަތް މިކުރަނީ ރިސާރޗަށް ބޭސްކޮށް.” ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މޫދު ފެސްޓްގައި ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއްކަމަކީ ކުޑަ ކުދިންނަށް އަމާޒުކޮށްގެން ކަނޑުގެ ރީތިކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުމުގެގޮތުން ކުރިއަށްގެންދެވުނު “ޑިސްކަވަރ ޑައިވް”އެވެ. މިހަރަކާތަކީ ކުޑަކުދިންނަށް ޑައިވްކުރުން ތަޖުރިބާ ކުރުމަށް ހިންގި ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި ޖުމްލަ 40 ކުދިން ވަނީ ބައިވެރިވެ ކަނޑުގެ ރީތިކަން ބަލާލާ ތަޖުރިބާ ކޮށްލާފައެވެ. މި ހަރަކާތުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލްކޮށްފައެވެ.
“ޑިސްކަވަރ ޑައިވް” ހަރަކާތުގައި ބައިވެރިވި ކުދިން ފާހަގަ ކޮށްފަވަނީ އެކި ކަހަލަ މުރަކައާއި ރީތި މަސްތައް ފެނިފަވާކަމަށެވެ. އަދި މި ފުރުޞަތު ތަޖުރިބާ ކޮށްލަން ލިބުމަކީ ވަރަށް އުފާވާ ކަމެއްކަމަށެވެ. “ވަރަށް ރީތި މުރަކަ ފެނުން. ރީތި މަސްވެސް އުޅޭ. ވަރަށް އުފާވޭ ޑައިވް ކޮށްލަން ލިބުނީމަ.” ޑިސްކަވަރ ޑައިވްގައި ބައިވެރިވި ކުއްޖެއް ފާހަކަކުރިއެވެ. މި ހަރަކާތުގައި ވަޒީރުގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރުވެސް ބައިވެރިވެވަޑައިގަތެވެ.
މޫދު ފެސްޓްގައި ކަނޑާ ގުޅޭ އެކިއެކި ހަރަކާތްތައް ބޭއްވުމަށް ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައެވެ. މިފެސްޓިވަލްގައި އެވުޒާރާއާއި ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކާއި ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“ރާއްޖެއަކީ ލަންކާގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަކީ އެޤައުމުގެ އިޤްތިޞާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ދެޤައުމުގެ ޒަމާންވީ...
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ...
ރައީސް އަރިހަށް ލަންކާގެ މަޖިލީހުގެ ރައީސް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް...
ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމުގެ ރަސްމިއްޔާތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ...
ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ވާހަކަ މޯލްޑިވިއަން އިން ދޮގުކޮށްފި
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ...
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
މިދިޔަ އެޕްރީލް މަހު މިފްކޯއަށް 1068 ދޯންޏަކުން 4414 ޓަނުގެ މަސް ކިރުވައި، އެ މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ...
