
ވޭތުވެދިޔަ ދެ އަހަރުތެރޭ ކެޕިޓަލް މާކެޓް މެދުވެރިކޮށް ވިޔަފާރިތަކުން 450 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ވިދާޅުވެއްޖެއެވެ. ސީއެމްޑީއޭއިން މިކަން ހާމަކޮށްފައިވަނީ އެއިދާރާގެ މަސައްކަތްތަކާ ބެހޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒާއި ބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ވިޔަފާރިތަކުން ފައިސާ ހޯދުމުގައި މިހާރު އާންމުކޮށް ބޭނުންކުރަނީ ބޭންކުތައް ކަމަށެވެ. ނަމަވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށްވެސް މިފުރުސަތު ފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އާންމު އުސޫލުން ބޭންކުން ވިޔަފާރިތަކަށް ލޯނު ދެނީ މޯގެޖު އުސޫލުންނެވެ. ނަމަވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ހޯދުމަށް ބޭނުންވަނީ ރަނގަޅު ވިޔަފާރީގެ ކޮންސެޕްޓެކެވެ. މިއާއެކު ސީއެމްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮސްޕެކްޓަސް ނުވަތަ ސެކިއުރިޓީޒް ބަޔާން އޮތްނަމަ އެ ވިޔަފާރިއަކަށް އިންވެސްޓަރުން ލިބޭނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވިއެވެ. “ކެޕިޓަލް މާކެޓް ސައިޑުގައި ވަރަށް ބޮޑަށް އެބައުޅޭ އިންވެސްޓަރުން. ޕްރައިވެޓް ކުންފުނިތަކުން މިހާރު ފައިސާ އެބަ ހޯދާ. ކުދި ވިޔަފާރިތަކަށްވެސް އެބަވޭ. ވިޔަފާރި ކޮންސެޕްޓެއް ހިފައިގެން އަންނާށޭ. އެކަމަށް ހަދަންޖެހެނީ ޕްރޮސްޕެކްޓަސްއެއް، ނޫނީ ހިއްސާގެ ބަޔާނެއް. އެބަޔާން ވަކި މިންގަނޑަކަށް ފެތޭނަމަ އާންމު ރައްޔިތުން ކުރިމައްޗަށް ނިކުތީމަ ފައިސާ ދޭނެ. ” ސީއެމްޑީއޭ ސީއީއޯ ވިދާޅުވިއެވެ.
ކުންފުނިތަކުގެ ވިޔަފާރިތަކަށް އިންވެސްޓަރުން ހޯދުމަށް ފުރުސަތު އޮތްކަން ފާހަގަކުރައްވާ ސީއެމްޑީއޭއިން ވިދާޅުވީ މި ފުރުސަތު މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ފަހިވެފައިވާ ކަމަށެވެ. މީގެ އިތުރުން ހިއްސާގެ ބާޒާރަށް ކުދި ވިޔަފާރިތައް ނިކުތުމަށް ސެކަންޑް ބޯޑެއް އޮންނައިރު އަމިއްލަ ވިޔަފާރިތަކަށް ސުކޫކް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އިންވެސްޓަރުން ހޯދުމަށް ފުރުސަތު އޮތްކަން ސީއެމްޑީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. “ޕްރައިވެޓް ސެގްމެންޓަށް ބަލާއިރު ހިއްސާ ވިއްކައިގެން ހިއްސާ ނަގާފައި މިހުރީ 8 ކުންފުނި ނުވަތަ 9 ކުންފުނި. އެކުންފުނިތަކުގެ އިތުރަށް 2023 އަދި 2024 ވަނަ އަހަރު ގާތްގަނޑަކަށް 450 މިލިޔަން ރުފިޔާ ރެއިޒް ކުރެވިއްޖެ. ބޭންކް ފިޔަވައި، މިސައިޑުން ރެއިޒް ކުރެވުނު ވަރު އަޅުގަނޑު މިދެންނެވީ. އެހެންވީމަ އޮޕަޗުނިޓީއެއް އެބައޮތް.” ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވިއެވެ.
ސީއެމްޑީއޭއިން ވިދާޅުވީ، މިފަދަ ގޮތަކަށް ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދާނަމަ ކުންފުނިތަކުގެ ހިންގުން ހަރުދަނާވާނެ ކަމަށެވެ. ވިޔަފާރި ފަށާއިރު، ވިޔަފާރިތަކަށް ލުއިތަކެއް ދޭއިރު، ދިގު މުއްދަތުގައި ވިޔަފާރިތަކުގެ ހިންގުން ހަރުދަނާވެ، އިންވެސްޓަރުންނަށް ފައިދާކުރާ ގޮތަށް، މި ވިޔަފާރިތައް ކުރިއަރާނެއެވެ. ސީއެމްޑީއޭއަކީ ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާއި ބެހޭ ޤާނޫނުން ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓް ކުރުމަށް އުފައްދަވާފައިވާ އިދާރާއެކެވެ. ދިވެހި ރާއްޖޭގައި އެއްވެސް ކަހަލަ އިންވެސްޓްމެންޓު ފުރުސަތެއް އާންމުންނަށް ހުޅުވާލެވޭނީ ސީއެމްޑީއޭއިން ހުއްދަ ނަގައިގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
