
ސަރަޙައްދީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
އޯގަނައިސޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީގެ ބައްދަލުވުމެއްގައި ޢަރަބް ލީގުގެ ޚަރިޖީވެރިންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމުން އެމެރިކާއާއެކު އައު މަޝްވަރާތައް ފަށަން ތައްޔާތުވެފައި ވަނިކޮށް ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމަކީ މަޝްވަރާތަކަށް ހުރަސްއެޅުމުގެ ޢަމަލެއް ކަމަށެެވެ. އުރުދުޣާން ވަނީ ޔަހޫދީ ދައުލަތުގެ މައްޗަށް އެެއްވެސް މިންވަރެއްގެ ނުފޫޒެއް އޮންނަ ޤައުމެއް ނަމަ ޔަހޫދީންގެ ‘ވިހަ’ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް ގޮވާލައްވައިފައެވެ. އަދި އީރާނަށް ދެމުންދާ ޙަމަލާތަކުގެ މައްސަލައިގައި މަޝްވަރާގެ މަގުން ޙައްލު ހޯދުމަށާއި، މައްސަލަ އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދިނުމަށް އޭނާ ވަނީ އިލްތިމާޞް ކުރައްވައިފައެވެ.
އުރުދުޣާން އިތުރަށް ވިދާޅުވީ ނަތަންޔާހޫއާއި އޭނާގެ ސަރުކާރު އެއްވެސް މައްސަލައެއް ޞުލްޙަވެރިކަމާއެކު ޙައްލުކުރަން ނޭދޭ ކަމަށެވެ. ނަތަންޔާހޫގެ މަޤްޞަދަކީ ޒަޔަނިސްޓު މަޤުސަދެއްގެ ގޮތުގައި ސިފަ ކުރައްވައި އުރުދުޣާން އިތުރަށް ވިދާޅުވީ ނަތަންޔާހޫގެ ބޭނުމަކީ މެދުއިރުމަތީގެ ސަރަޙައްދާއި މުޅި ދުނިޔެ ވެސް ޙަލާކާއި މުސީބާތުގެ ތެރެއަށް ގެންދިޔުން ކަމަށެވެ. އުރުދުޣާން ވަނީ ހުޅަނގުގެ އިސްވެރިން ޔަހޫދީންނަށް ޝަރުތަކާނުލާ ތާއިދުކޮށް ވާގިވެރިވަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގެ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ލެއިން ފެވުމަށް ތުރުކީވިލާތުން ފުރުޞަތު ނުދޭނެ ކަމަށެވެ. ޔަހޫދީންގެ ފޭރުމާއި ނުބައި އަމަލުތައް ހުއްޓުވުމަށް ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމަކީ ކޮންމެހެން މުހިންމުކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އުރުދުޣާން ވިދާޅުވީ ފަލަސްޠީނުގެ އިތުރުން ސޫރިޔާއާއި ލުބުނާނާއި އީރާނަށް ޔަހޫދީން ދެމުންދާ ގެއްލުންތައް ހުއްޓުވަން ޖެހޭ ކަމަށެެވެ.
57 މެންބަރުންގެ މައްޗަށް އެކުލެވޭ އޯއައިސީ އުފައްދާފައި ވަނީ 1969ވަނަ އަހަރުގެ ތެރޭގައެވެ. އޯއައިސީގެ އަމާޒަކީ ބައިނަލްއަޤްވާމީ ހަމަޖެހުމާއި ޞުލްޙަ ކުރިއެރުވުމުގެ ރޫޙުގައި މުސްލިމް ދުނިޔޭގެ މަސްލަހަތު ރައްކާތެރި ކޮށް ހިމާޔަތް ކުރުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
