
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ޔަހޫދީންނާއި ވިލާތުގެ އިއްތިޙާދާ ދެމެދު ގުޅުން ބަދަހި ކުރުމަށް ޤާއިމު ކޮށްފައިވާ އެއްބަސްވުމަކާ ޚިލާފުވެފައިވުން އެކަށީގެންވާ ކަމަށް، އެ އެއްބަސްވުން މުރާޖަޢާ ކުރުމުން ދައްކައިފިއެވެ. ވިލާތުގެ އިއްތިޙާދުގެ ލިޔެކިޔުމެއްގައިވާ ގޮތުން ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސުން ވަނީ ޣައްޒާގައި ޔަހޫދީންގެ އަމަލުތައް ހުރި ގޮތުން އެއްބަސްވުމުގައިވާ ޤަވާއިދުތަކާ ޚިލާފުވެފައިވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް ބުނެފައެވެ. އެ ގޮތުން ޣައްޒާގެ ޙާލަތާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މިނިވަން މުއައްސަސާތަކުން ބެލިބެލުމުގެ މައްޗަށް ބިނާކޮށް، އިންސާނީ ޙައްޤުތަކާ ގުޅުންހުރި މާއްދާތަކާ ޔަހޫދީން ޚިލާފެވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ބުނީ ކާބޯތަކެއްޗާއި ބޭހާއި ޞިއްޙީ ސާމާނާއި ކޮންމެހެން ބޭނުންވާ އެހެން ތަކެތި ޣައްޒާއަށް ފޯރު ކޮށްދިނުމަށް ޔަހޫދީން ތަކުރާރު ކޮށް ހުރަސްއެޅުމަކީ ޣައްޒާގެ މުޅި އާބާދީއަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށެވެ. ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސުން ނެރުނު ކަރުދާހުގައި ޣައްޒާގެ ޙާލަތާގުޅޭ ތަފްޞީލްތައް ބަޔާން ކޮށްފައިވެއެވެ. އެ ގޮތުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން މަނާ ކުރުމާއި، އެ ސަހަރަށް ދެމުންދާ ޙަމަލާތަކާއި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ އާންމުން ޝަހީދުވުމާއި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ޙަމަލާ ދިނުމާއި ޣައްޒާގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމާއި ޔަހޫދީންގެ ޢަމަލުތަކަށް ޖަވާބުދާރީވާން ނުޖެހުމާ ގުޅޭގޮތުން ތަފްޞީލީ ބައިގައި އަލިއަޅުވާލާފައިވެއެވެ. އޭގެ އިތުރުން ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ޙާލަތާއި ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމަށް ވެސް ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ.
އެ ލިޔުމުގަައި ބުނީ އެ ލިޔުމުގައި ބަރޯސާވެފައި ވަނީ މިނިވަން ބައިނަލްއަޤްވާމީ މުއައްސަސާތަކުން ބަލައި ޔަޤީން ކޮށްފައިވާ ހެކިތަކުގެ މައްޗަށް ކަމަށެވެ. އަދި ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަހުގެ ތާރީޚުގައި ހިނގާފައިވާ ހާދިޘާތަކަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމަށް ފާހަގަ ކޮށްފައިވެއެވެ. މި ރިޕޯޓު ނެރެފައި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ މެދު އަދި ޣައްޒާގެ އިންސާނީ ޙާލަތާމެދު ވިލާތުގެ ޤައުމުތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާތާ ގިނަ މަސްތަކެއް ވެފައި ވަނިކޮށެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ވިލާތުގެ އިއްތިޙާދުން އޯޑިޓެއް ފަށާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. 17 ޤައުމެއްގެ ތާއީދާއެކު އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރި ވަނީ ނެދަލެންޑްސުންނެވެ.
ޔަހޫދީންނާއި ވިލާތުގެ އިއްތިޙާދާ ދެމެދު ވެފައިވާ އެއްބަސްވުން
2000ވަނަ އަހަރު އަމަލު ކުރަންފެށި އެއްބަސްވުމުގައި ޔަހޫދީންނާއި ވިލާތުގެ އިއްތިޙާދުން ވަނީ ދެ ބައި މީހުންގެ ގުޅުން ބިނާކުރާނީ އިންސާނީ ހައްޤުތަކާއި ދިމުޤުރާތީ އުޞޫލުތަކަށް އިޚްތިރާމު ކުރުމުގެ މައްޗަށް ކަމަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމަށް އަމަލު ކުރުން މެދުކަނޑައިލުމަށް ވިލާތުގެ އިއްތިޙާދުގެ 27 މެންބަރުން އެ ކަމަށް އިއްތިފާޤުވާން ޖެހެއެވެ. އެ ޙާލަތް މެދުެވެރިވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޚާރިޖީ ބޭފުޅުން ދަނީ ފެށުނީއްސުރެ ފާހަގަ ކުރައްވަމުންނެވެ.
ޖޫން މަހުގެ 23ވަނަ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން ބެލްޖިއަމްގެ ބްރަސެލްސްގައި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުމުގައި ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އިސްވެރިޔާ ކާޔާ ކަލަސް، ރިޕޯޓުގައިވާ ހޯދުންތައް ހުށަހަޅުއްވާނެ ކަމަށް ބެލެވެއެވެ. ބައެއް ޚާރިޖީ ބޭފުޅުން ވިދާޅުވި ގޮތުގައި ހޯމަ ދުވަހުގެ ބައްދަލުވުމަށް ފަހު އަންނަ ޖުލައި މަހުގެ ތެރޭގައި ބާއްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރިޕޯޓަށް ރައްދު ދެވޭނެ ގޮތްތައް ކަލަސް ހުށަހަޅުއްވާނެ ކަމަށް ބެލެވެއެވެ. މިހާރު އުފެދޭ ސުވާލަކީ ޔަހޫދީންގެ ޢަމަލުތަކާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ތިބެން ކެރޭނީ ކިތައް މެންބަރު ޤައުމަށްތޯ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުން ސަމާލުކަން ގެއްލުވާލުމަށް ޔަހޫދީން ޖަހާ މަޅީގައި ނުޖެހުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފައެވެ.
ވިލާތުގެ އިއްތިޙާދަކީ ޔަހޫދީންގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. 2024ވަނަ އަހަރުގެ ތެރޭގައި ވެސް ވިލާތުގެ އިއްތިޙާދުން ވަނީ ޔަހޫދީންނާއެކު 42.6 ބިލިޔަން ޔޫރޯގެ ވިޔަފާުރި ކޮށްފައެވެ. 2023ވަނަ އަހަރު ވެސް 25.6 ބިލިޔަން ޔޫރޯގެ ވިޔަފާރި ދެ ފަރާތުގެ މެދުގައި ކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
