
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޔަހޫދީން އީރާނަށް ނިރުބަވެރި ޙަމަލާތައް ދޭން ފަށާފައިވަނީ، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން ބޭނުންވާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ޔަހޫދީންގެ ގާތު ރަޝިޔާއިން ތަކުރާރުކޮށް ބުނަމުންދަނިކޮށް ކަމަށް، ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން ވިދާޅުވެއްޖެއެވެ. “ރަޝިޔާގެ އިތުރުން އައިއޭއީއޭ (އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ) އަށް ވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ތައްޔާރުވަމުންދާ ކަމުގެ އެއްވެސް ހެއްކެއް ދުވަހަކުވެސް ލިބިފައެއް ނުވޭ. އެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް އިސްރާއީލުގެ ވެރިންގެ ސަމާލުކަމަށް ގެންނަމުން ދިޔައީ،” ޕޫޓިން އާ ޙަވާލާދީ ސްކައި ނިއުސް އަރަބިއްޔާއިން ބުނެފައިވެއެވެ.
މަދަނީ ބޭނުމަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަކީ އީރާނަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އެކަމަށް ރަޝިޔާއިން ފުރިހަމައަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް ވެސް ޕޫޓިން އެ ނޫހަށް ވިދާޅުވިއެވެ. ޕޫޓީން ވިދާޅުވި ގޮތުގައި، އީރާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ލޭއޮހުރުވުން ހުއްޓުވަން ރަޝިޔާއިން ދެ ފަރާތަށް ވެސް ޚިޔާލުތަކެއް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، އެކަމުގެ ތަފްޞީލެއް ޕޫޓިން ދެއްވާފައެއް ނުވެއެވެ. ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންނަށް ރައްދު ދެމުންނެވެ.
ޔަހޫދީން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 722އަށް ވަނީ އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,546އަށް އުފުލިފައެވެ. އީރާނުން ވެސް ރައްދުގައި ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް އަމާޒުކޮށް، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އީރާނުގެ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
