
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކަނޑުމަގުން ވިޔަފާރި މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ މެޔާސްކުން ޒަޔަނިސްޓުންގެ ބަނދަރުމަތީ ރަށް، ޙައިފާއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލައިފިއެވެ. މެޔާސްކުން ޙައިފާ ބަނދަރަށް ޚިދުމަތް ދިނުން މެދުކަނޑައިލާފައި މި ވަނީ ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންނެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން ޢާންމުން ދިރިއުޅޭ ރަށްތަކަށެވެ. އީރާންގެ އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށް ވެސް ޔަހޫދީން ދަނީ ޙަމަލާ ދެމުންނެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 722އަށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,546އަށް އުފުލިފައެވެ.
އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންނަށް ރައްދު ދެމުންނެވެ. އަދި، ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް އަމާޒުކޮށް، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ އީރާންގެ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު، މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، ބޮޑު ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި މެޔާސްކުން ޚައިފާ ބަނދަރަށް ޚިދުމަތް ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް، އެ ސަރަޙައްދުގައިވާ އެހެން ބަނދަރުތަކަށް ޚިދުމަތް ދިނުމަށް ބުރޫ އަރާފައި ނުވާ ކަމުގައި ޑެންމާކުގެ ކުންފުނިން ބުންޏެވެ.
ޙައިފާ ބަނދަރަކީ އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ އަދާނީ ޕޯޓްސްގެ %70 ހިއްސާ އޮންނަ ބަނދަރެކެވެ. އެ ބަނދަރުގެ ބާކީ %30 ހިއްސާ އޮތީ ޔަހޫދީންގެ ކުންފުންޏެއް ކަމުގައިވާ ގަދޯތު ގުރޫޕުގައެވެ. އަދާނީ ޕޯޓްސްއަކީ، އިންޑިޔާގެ މަހުޖަނު ގައޮތަމް އަދާނީގެ އަދާނީ ގުރޫޕުގެ ދަށުން ހިންގާ ކުންފުންޏެކެވެ. ޚައިފާ ބަނދަރުގެ އިތުރުން، އިންޑިޔާއިން ބޭރުގައި އެ ކުންފުނިން ހަތަރު ބަނދަރެއް އޮޕަރޭޓު ކުރެއެވެ. ޚައިފާ ބަނދަރަށް ޚިދުމަތް ދިނުން މެދުކަނޑައިލާފައިވާ ކަން މެޔާސްކުން ހާމަކުރުމާ ގުޅިގެން އަދާނީ ގުރޫޕުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
