
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 722އަށް އުފުލިއްޖެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,546އަށް އުފުލިފައެވެ. ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކުރީގެ އިސް ކޮމާންޑަރެއް ކަމުގައިވާ ސަޢީދު އީޛާދީ ހިމެނިވަޑައިގަންނަވައެވެ. ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންނަށް ރައްދު ދެމުންނެވެ. އަދި، ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް އަމާޒުކޮށް، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ އީރާންގެ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.
ޔަހޫދީން އެންމެ ފަހުން އީރާނަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އީޛާދީއަކީ، ބޭރު ޤައުމުތަކުގައި ހަރަކާތްތެރިވާ އައިއާރްޖީސީގެ ލަޝްކަރު، ޤުދްސް ފޯސްގެ ފަލަސްޠީން ކޯގެ އިސް ކޮމާންޑަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޔަހޫދީން އޭނާ ޝަހީދު ކޮށްލާފައި ވަނީ، ޤޫމްގައި އޭނާ ދިރިއުޅުއްވާ ގެއަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި ކަމުގައެވެ. އޭނާއަކީ، ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާ ހިންގުމަށް ޚަރަދުކޮށް، ހަތިޔާރު ފޯރުކޮށްދީފައިވާ ބޭފުޅެއް ކަމުގައި ޔަހޫދީން ތުހުމަތު ކުރެއެވެ. އީރާންގެ ޚަރަމްއާބާދަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކެއްގައި އައިއާރްޖީސީގެ ފަސް މެންބަރުން ޝަހީދު ކޮށްލާފައިވާ ކަން އެ ލަޝްކަރުން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އޭގެ ތެރޭގައި އާޛާދީ ހިމެނޭ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އާޛާދީއަކީ، އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައި، ޝަހީދު ކޮށްލުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ބޭފުޅެކެވެ.
އީރާންގެ މީޑިޔާތަކުން ބުނީ ޤޫމްގައި ޢާންމުން ދިރިއުޅޭ އިމާރާތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާއެއްގައި 16 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައި، އިތުރު ދެ މީހަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އީރާންގެ ފާރިސް ނޫސް އޭޖެންސީން ބުނީ އަޞްފިހާންގައި ހުރި ނިއުކްލިޔަރ މަރުކަޒަށް ވެސް ޔަހޫދީ ފައުޖުން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އީރާންގައި ހުރި އެންމެ ބޮޑު ނިއުކްލިޔަރ އެއް މަރުކަޒަށް ދިން ޙަމަލާތަކާ ގުޅިގެން އެ ތަނުން ނުރައްކާތެރި ކެމިކަލެއް ނުވަތަ ރޭޑިޔޭޝަން ލީކުވެފައި ނުވަތަ ބޭރުވެފައި ނުވާ ކަމުގައި ވެސް ފާރިސުން ރިޕޯޓު ކުރިއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިސް މުޝީރެއް ކަމުގައިވާ ޢަލީ ޝަމްޚާނީ ޝަހީދު ކޮށްލުމަށް ވެސް މަސައްކަތް ކުރިއެވެ. އެ ޙަމަލާތަކުގައި އޭނާއަށް ބޮޑެތި ޒަޚަމުތަކެއް ލިބުނު ނަމަވެސް، ޝަހީދު ކޮށްލެވިފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، ޒަޚަމުތައް ލިބިފައިވީ ނަމަވެސް، ދުމްޝިނުންގެ ޝިކާރައެއްގެ ގޮތުގައި ދެމިހުރުމުގެ އަޒުމަށް ގުޑުމެއް އައިސްފައި ނުވާ ކަމުގައެވެ.
އީރާނުން ވީހާވެސް ގިނަ އަދަދެއްގެ ޢާންމުން ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން ދަނީ އެ ޤައުމުގެ ހަސްފަތާލުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު މުޙައްމަދުރިޟާ ޟަފްރަޤަންދީ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތައް ތިން ހަސްފަތާލަށް އަމާޒު ކޮށްފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ދެ މީހުންގެ އިތުރުން ކުޑަ ކުއްޖަކު ޝަހީދު ކޮށްލާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުންނަށް ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ދިޔަ ހަ އެމްބިޔުލާންސަކަށް ވެސް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަމުގައި ފާރިސް ނޫސް އޭޖެންސީން ރިޕޯޓު ކުރިއެވެ.
ޒަޔަނިސްޓުންގެ ރަށްތަކަށް އީރާނުން ވެސް ދަނީ ރައްދު ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތަކުގައި ބިޢުރު އަލް-ސަބަޢިގައި ހުރި ހަސްފަތާލަކަށް ގެއްލުންވިއެވެ. އެއީ، ޔަހޫދީންގެ ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެކެވެ. ބިޢުރު އަލް-ސަބަޢިގައި ހުރި ހަސްފަތާލަށް އީރާންގެ މިސައިލް ޙަމަލާގައި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ. ނަމަވެސް، ޒަޔަނިސްޓުންގެ ރަށްތަކަށް އީރާނުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ ވައިގެ ދިފާޢީ ނިޒާމު ބަލަހައްޓާ ސިފައިންގެ 15 މީހުން މަރައިލާފައިވާ ކަމުގައި އީރާންގެ ނޫރު ނޫހުން ރިޕޯޓު ކުރިއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
