
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ވަނީ 2.2 ބިލިޔަން ރުފިޔާ ލިބިފައެވެ. ޑިޕާޗަރ ޓެކުހަކީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕަޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.
މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ވަނީ 1.1 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ އެ އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.1 އިތުރު އަދަދެކެވެ. 2024 ވަނަ އަހަރު ލިބޭނެކަމަށް މީރާއިން އަންދާޒާކޮށްފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. 2023 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 988 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރު ބަލައިގަތް އާމްދަނީ ވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %15 އިތުރުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
މީރާގެ ރިޕޯޓުގައި ޑިޕާޗަރ ޓެކްސް އިތުރުވެފައިވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %8.76 އިތުރުވެފައިވުމުންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ އެއަރޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރި ފަސިންޖަރުންގެ އަދަދު %10 އިތުރުވެފައިވުމަކީވެސް މި ޓެކްސްއިން ދައުލަތައް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް ވަނީ ބުނެފައެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތައް ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިއީ ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %14.1 އިތުރު އަދަދެކެވެ. 2023 ވަނަ އަހަރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން 2024 ވަނަ އަހަރު ބަލައިގަތް އާމްދަނީ ވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %14.3 އިތުރުވެފައެވެ.
ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީތައް:
• އިކޮނޮމީ ކްލާސް: ދިވެހިން – 12 ޑޮލަރު / ބިދޭސީން – 30 ޑޮލަރު
• ބިޒްނަސް ކްލާސް: ދިވެހިން – 60 ޑޮލަރު / ބިދޭސީން – 60 ޑޮލަރު
• ފަސްޓް ކްލާސް: ދިވެހިން – 90 ޑޮލަރު / ބިދޭސީން – 90 ޑޮލަރު
• ޕްރައިވެޓް ޖެޓް: ދިވެހިން – 120 ޑޮލަރު / ބިދޭސީން – 120 ޑޮލަރު
މީރާގެ ރިޕޯޓްގައި ބުނެފައިވަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމުންކަމަށެވެ. 2024 ވަނަ އަހަރު ރާއްޖެއަށް ވަނީ 2،046،615 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %8.9 އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
