
(ފޮޓޯ ކްރެޑިޓްސް: ފަތުރުވެރިކަމާއިބެހޭ ވުޒާރާ)
މި އަހަރުގެ މޯލްޑިވްސް ފުޑް ކާނިވަލުގައި ތަފާތު އައު ހަރަކާތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ލިވަޕޫލް އެފްސީ ފޭން ޒޯން ތަޢާރަފްކުރުމަށް ނިންމައިފިއެވެ. މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ މި މަހުގެ 25 އިން 28 އަށެވެ. މި ހަރަކާތަކީ ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި އެމްއެމްޕީއާރުސީއިން ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. އަދި މި ޕާޓްނާޝިޕަކީ ދުނިޔޭގެ ކުޅިވަރުގެ މައިދާނުގެ އެންމެ ކުރީ ސަފަށް ރާއްޖެ ގެނެސްދޭ މިފަދަ ފުރަތަމަ ޕާޓްނާޝިޕެވެ.
މިއަހަރުގެ ޕްރޮގްރާމުގެ ދަށުން މައި އެއް ހަރަކާތުގެ ގޮތުގައި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކާއި އާއިލާތައްވެސް ޝައުގުވެރިކުރުވާގޮތަކަށް އެމްއެމްޕީއާރުސީ ލިވަޕޫލް އެފްސީ ފޭން ޒޯން ފެނިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. ފޭން ޒޯންގައި ލައިވް މިނީ ގޭމްސްއަށް ހާއްސަކުރެވިފައިވާ އެކިއެކި ސަރަޙައްދުތައް ހިމެނޭނެއެވެ. މިގޮތުން 3×3 ފުޓްބޯޅަ ދަނޑަކާއި، ފޫސްބޯލް ސެކްޝަނަކާއި، ޕެނަލްޓީ ކިކް ޗެލެންޖުތަކާއި، 1v1 ފުޓްބޯޅަ މެޗާއި، ސީޓެޑް ސޮކާ ޗެލެންޖް ފަދަ މަޖާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ސަޕޯޓަރުންނަށް އެލްއެފްސީ ސްޕިރިޓްއާ ގުޅުމުގެ ފުރުޞަތު ލިބިގެންދާ ވީޑިއޯ ބޫތެއް ބޭނުންކޮށްގެން އެ ފަރާތްތަކަށް އެންމެ ކަމުދާ އެލްއެފްސީ ކުޅުންތެރިންނަށް މެސެޖް ފޮނުވުމާއި، އެލްއެފްސީ ކުޅުންތެރިންގެ ލައިފް ސައިޒް ކަޓްއައުޓްތަކާއެކު ސެލްފީ ނެގުމާއި، ބޮޑު ލެޑް ސްކްރީނެއްގައި އެކްސްކްލޫސިވް ލިވަޕޫލް އެފްސީގެ ކޮންޓެންޓްވެސް ފެނިގެންދާނެއެވެ. މި ތަޖުރިބާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށްވާނީ 25 ވަނަ ދުވަހު ފޭން ޒޯނުގައި ލިވަޕޫލްގެ ލެޖެންޑްއެއްކަމަށްވާ ޑަރކް ކުއިޓް އައިސް ސަޕޯޓަރުންނަށް މަޝްހޫރު ކުޅުންތެރިޔާއާ ބައްދަލުކުރުމުގެ ޚާއްސަ ފުރުޞަތެއް ލިބުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މީގެ އިތުރުން ކާނިވަލުގައި ލިވަޕޫލް އެފްސީގެ ރަސްމީ ދެ ޖާޒީ އެއް ޙާޞިލުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި މަސައްކަތް ކުރާނީ ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކާ އިތުރަށް ގުޅުން ބަދަހިކޮށް، ރާއްޖެއަކީ ބައިނަލްއަގްވާމީ ގޮތުން ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމަށެވެ. މޯލްޑިވްސް ފުޑް ކާނިވަލަކީ ކަލިނަރީ ވެރައިޓީއާއި ކޮމިއުނިޓީ އެންގޭޖްމަންޓް ފާހަގަކުރާ އިވެންޓެވެ. 2024 ވަނަ އަހަރު 30،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި މި ހަރަކާތުގައި 68 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
