
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވޭތުވެދިޔަ ސަރުކާރުގައި ޕައިލެޓު ޓްރެއިނިން ހަދަން ސްކޮލަރޝިޕް ދީފަވަނީ ރާއްޖޭގެ އޭވިއޭޝަން ވަޒީފާގެ މާކެޓަށް ބެލުމެއް ނެތިކަމަށާއި، މިއަދު ދަރިވަރުންނަށް ކުރިމަތިވަމުންދަނީ އޭގެ ގެއްލުންކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ޕައިލެޓުކަން ކިޔަވައިގެން އަންނަ ދަރިވަރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަކީ ކަންބޮޑުވުން ބޮޑު މައްސަލައެވެ.
ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ ފުޅާވަމުން އަންނަނީ އަހަރަކު ގާތްގަނޑަކަށް %7 އަށްކަމަށެވެ. މިއީ ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ނިމުނު 5 އަހަރުގެ ދަޢުގައި ޕައިލެޓްކަން ކިޔެވުމަށް 500އަށްވުރެ ގިނަ ކުދިންނަށް ސްކޮލަރޝިޕް ދޫކުރިކަމަށެވެ. އަދި އަމިއްލަ ޚަރަދުގައި 200އެއްހާ ދަރިވަރުން ކިޔަވަމުންދިޔަކަށެވެ.
ނަމަވެސް އަލަށް ކިޔަވައިގެން އަންނަ ކުދިންގެ ތެރެއިން ވަޒީފާގެ ފުރުޞަތު ލިބެނީ އަހަރަކު ވިއްސަކަށް ކުދިންނަށްކަމަށެވެ. ރާއްޖޭގެ ދަތުރުފަތުރުގެ މާކެޓް އޮތްގޮތުން، މިއީ އަހަރަކަށް އިތުރުވާ ޕައިލެޓުންގެ ވަޒީފާގެ މިންވަރުކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ގިނަ ދަރިވަރުންތަކަކަށް ޕައިލެޓުކަން ކިޔެވުމަށް ސްކޮލަރޝިޕް ދޫކުރީ، އޭރުގެ ސަރުކާރުން އޭވިއޭޝަން މާކެޓަށް އެއްވެސްވަރަކަށް ބެލުމެއްނެތިކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަދު ފެންނަމުންދަނީ އެކަމުގެ ނޭދެވޭ ނަތީޖާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
“މިދިޔަ ވެރިކަމުގައި 500 ސްކޮލަރޝިޕް ދިން މި ދާއިރާއިން. ވަރަށް ރަނގަޅު ނަތީޖާ ހޯދާ ކުދިން މ ދާއިރާއިން ކިޔަވަންދަނީ. ބެލެނިވެރިންނަށްވެސް އަދި ކުދިންނަށްވެސް ނޭންގޭ މި ދާއިރާގެ ވަޒީފާގެ ޙާލަތު އޮތް ގޮތް. ގައުމަށް ބޭނުންވާ މިންވަރަށްވުރެ މާ ގިނަ ސްކޮލަރޝިޕް ދޫކޮށްފަ އޮތީ.” ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، ރާއްޖެއަށް މުހިންމު ވަޒީފާގެ ދާއިރާތަކަށް ބެލުމަށްފަހު ސްކޮޕަރޝިޕް ފުރުޞަތު ދޭގޮތަށް އުސޫލުއޮތްނަމަ، އިތުރު މުހިންމު ދާއިތަކުން ތަޢުލީމީ ގިނަ މީހުންތަކެއް ނެރެވޭނެކަމަށެވެ. ޕައިލެޓުންގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް، ރާއްޖޭގެ އޮޕަރޭޓަރުން ޕައިލެޓުން ނަގާ މިންވަރަށްވުރެ އިތުރަށް ޕައިލެޓުން ވަޒީފާއަށް ނެގުމަށްވެސް މަޖުބޫރުކޮށްފަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، މި ދާއިރާއިން މިވަގުތަށް އިތުރަށް ވަޒީފާގެ ފުރުޞަތު އެކަށީގެންވާގޮތުގައި ނެތުމާއެކު، އިތުރަށް ޕައިލެޓުކަން ކިޔަވަން ސްކޮލަރޝިޕް ދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށެވެ.
“ގަބޫލެއް ނުކުރަން މިވަގުތަށް ދެން ސަރުކާރުން ސްކޮލަރޝިޕަށް ހުޅުވާލުމަކަށް. އެއަށްވުރެ އެހެން ދާއިރާތަކުން އިސްކަން ދިނުން މުހިންމު. ކުރިން މި ފުރުޞަތު ހޯދި ކުދިންވެސް އެހެންދާއިރާއަކުން ދާން ބޭނުންވާނަމަ އެ ފުރުޞަތު އޮންނާނެ. ނަމަވެސް ބޭނުން ނޫން ކުދިންނަށް އެ އިޚްޔާރުވެސް އެބައޮތް. އިތުރަށް ޕައިލެޓް ޓްރެއިނިންއަށް ކުދިން ފޮނުވުން ރަނގަޅެއް ނޫން.” ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި ވަޒީފާއަށް ޕްރޮފެޝަނަލުން ބޭނުންވާ ވަރަށް ގިނަ އެހެން މުހިންމު ދާއިރާތައް އެބަހުރިކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވަޒީފާގެ މާކެޓުގައި ފުރުޞަތު ނެތް ދާއިރާއަކުން ކިޔެވުމުގެ ބަދަލުގައި، ފުރުޞަތު ހުރި ދާއިރާތަކުން ކުރިއަށްދިއުމަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
