
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
އެމްޕީއެލްގެ އުތުރު މެރިޓައިމް ސަރވިސްއިން ކޮންޓެއިނަރ އުފުލާ އުޅަނދަކަށް އެސްޓީއޯ މެދުވެރިކޮށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވީ، އުތުރު މެރިޓައިމް ސަރވިސް، ޔޫއެމްއެސްގެ ދަށުން ‘ވިންޑް 2’ ނަމަކަށް ކިޔާ ކޮންޓެއިނަރ އުފުލާ އުޅަނދަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ. އަދި މިއުޅަނދަށް ޚިދުމަތް ދީފައިވަނީ ރޭގެ ވަގުތެއްގައި، އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓްސް، އޯޕީއެލުންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
This evening, we provided pilotage services to the container vessel MSC Wind II under our Uthuru Maritime Service (UMS) at Ihavandhippolhu Off Port Limits (OPL).
The vessel called for bunkering, receiving 250 metric tonnes of fuel supplied by our partner @stoplc
Arriving from… pic.twitter.com/CzMWJsb0Qi
— Maldives Ports Limited (@Portmv) June 19, 2025
‘ވިންޑް 2’ އަކީ ކެންޔާގެ މޮމްބާސާއިން އިންޑިޔާގެ ވިޒިންޖަމްއަށް ދަތުރުކުރަމުންދާ އުޅަނދެކެވެ. އެމްޕީއެލްއިން ވިދާޅުވީ، މި އުޅަނދު އައީ ބަންކަރިންގއަށްކަމަށެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ އެހީއާއެކު މި އުޅަނދަށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓްތަކަށް ޚިދުމަތް ދިނުމުގައި ޔޫއެމްއެސްގެ ޤާބިލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއްކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައިވެއެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
