
ފާދިއްޕޮޅު ތަރައްޤީކުރަމުން އަންނަ “މެއްޔަފުށި މޯލްޑިވްސް” ރިސޯޓް މިއަންނަ އޮކްޓޯބަރު މަހު ހުޅުވަން ނިންމައިފިއެވެ. މިއީ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްކަމުގައިވާ ފުށިފަރު މޯލްޑިވްސް ހިންގާ ބީކައިންޑް ހޮސްޕިޓަލިޓީއިން ތަރައްޤީކުރާ ރިސޯޓެކެވެ. މެއްޔަފުށި މޯލްޑިވްސްއަކީ ފަސްތަރީގެ ޕްރީމިއަމް އޯލް-އިންކްލޫސިވް ރިސޯޓެކެވެ. ޅ. އަތޮޅުގައި ތަރައްޤީކުރާ މި ރިސޯޓު، އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު މި ރިސޯޓު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ރިސޯޓު ތަރައްޤީކުރާ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭނުގައި 35 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ. އަދި އެރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށާއި، ރިސޯޓް ތަރައްޤީކުރަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް ބީކައިންޑް ހޮސްޕިޓަލިޓީއިން ބުނެއެވެ. މީގެ އިތުރުން، މި ރިސޯޓު ހިންގަމުންދާނީ 24 ގަޑިއިރުގެ ޕްރީމިއަމް އޯލް-އިންކްލޫސިވް ޕްލޭނެއްގެ ދަށުންކަމަށް ބީކައިންޑިން ބުނެއެވެ. އަދި މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މެއްޔަފުށީގައި ހުންނާނީ 95 ވިލާ އަދި ސުއިޓެވެ. މިއިން ކޮންމެ ވިލާއެއްވެސް ތަރައްޤީކުރަނީ އިންޑޯ-އައުޓްޑޯ ލިވިންގ ކޮންސެޕްޓަކަށެވެ. މީގެ ތެރޭގައި 4 ކޮޓަރީގެ ޕްރެޒިޑެންޝަލް އޯވަރވޯޓަރ ސުއިޓްވެސް ހިމެނެއެވެ. މި ސުއިޓްގައި އިންފިނިޓީ ޕޫލަކާއި، ސިނަމާއަކާއި، ސްޕާ ރޫމެއްވެސް ހުންނާނެއެވެ.
މެއްޔަފުށްޓަކީ މުނިފޫހިފިލުވުމަށް އަންނަ ފަތުރުވެރިންނަށާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކަށްވެސް އެކަށީގެންވާ ތަނެކެވެ. އެގޮތުން އޯވާ ވޯޓަރ ޓެނިސް ކޯޓެއްގެ އިތުރުން ޕެވިލިއަނެއްވެސް ހުންނާނެއެވެ. އަދި އިވެންޓް ޕްލޭނިންގ އާއި ޒަމާނީ ކޮންފަރެންސް ފެސިލިޓީތައްވެސް ހުންނާނެއެވެ. މީގެ އިތުރުން މުޅި ރަށް އެއްކޮށް ކުއްޔަށް ހިފުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

ބީކައިންޑް ހޮސްޕިޓަލިޓީއަކީ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްކަމުގައިވާ ފުށިފަރު މޯލްޑިވްސް ހިންގާ ކުންފުންޏެވެ. މެއްޔަފުށި މޯލްޑިވްސް ހުޅުވުމާއެކު ޓްވިން-ސެންޓަރ ސްޓޭތަކަށާއި މި ދެ ރިސޯޓުގެ ދެމެދުގައި ޚާއްޞަ ދުވަހުގެ ދަތުރުތަކަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މިކަމުގެ ސަބަބުން މެހުމާނުންނަށް ހަނދާންނައްތާނުލެވޭ ފަދަ ތަޖުރިބާއެއް ލިބިގެންދާނެކަމަށް ބީކައިންޑް ހޮސްޕިޓަލިޓީއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
