
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިޔަ އާދިއްތަ ދުވަހު އީރާނުން ޔަހޫދީންގެ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސަށް ދިން ޙަމަލާއަކާ ގުޅިގެން އެ މަރުކަޒުގައި ކުރިއަށް ގެންދަމުން ދިޔަ ދިރާސާތަކާއި ތަހުލީލުތަކާ ގުޅޭ މަޢުލޫމާތުތައް ސަލާމަތް ކުރުމަށް ޔަހޫދީ ސައިންސުވެރިން ދަނީ މަސައްކަތް ކުރަމުންނެވެ. ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސަކީ ގިނަ ޢަދަދެއްގެ ލެބޯޓަރީތަކެއް ހުރި އިމާރާތެކެވެ. އީރާނުން އެ މަރުކަޒަށް މިސައިލް ޙަމަލާއެއް ދީފައި ވަނީ ޖޫން މަހުގެ 15ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ސަރަޙައްދުގައި ހުރި ގިނަ އިމާރާތްތަކަކަށް ޙަމަލާގައި ގެއްލުން ލިބިފައިވާއިރު އެ މަރުކަޒުގައި މަސައްކަތް ކުރާ ސައިންސުވެރިން ވަނީ އެ މީހުންގެ މަސައްކަތް ސަލާމަތް ކުރުމަށް ރޯވެ އަނދައަނދާހުރި އިމާރާތުގެ ތެރެއަށް ވަދެފައެވެ.
މި ޙަމަލާ ދީފައި ވަނީ އިމާރާތް ހުސްކޮށް ހުރި ގަޑިއެއްގައި ކަމުން އެއްވެސް މީހަކަށް ޙަމަލާގައި ގެއްލުން ލިބިފައެއް ނުވެއެވެ. އިމާރާތުގެ ބައެއް ވެއްޓި އަނެއް ބައި އެއްކޮށް ސުންނާފަތިވެފައިވާއިރު އެ ތަނުގައި ރައްކާ ކޮށްފައި ހުރި މަޢުލޫމާތު ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ނައިބު ރައީސެއް ކަމަށްވާ ރޮއީ އޮޒެރީ ވަނީ ބުނެފައެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އެ ސަރަޙައްދަށް ގޮސް ލިބިފައިވާ ގެއްލުންތައް ބަލައިލައިފައެވެ. އެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ނަތަންޔާހޫއަށް ވެސް ހުރީ ފެންނަ ފެެނުމަށް ސިހުން ލިބިފައެވެ. ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސަށް އަމާޒު ކޮށް ޙަމަލާ ދިނީ ކީއްވެ ކަމެއް އީރާނުން މިހާތަނަށް ބުނެފައެއް ނުވެއެވެ. އެ މަރުކަޒަށް ދިން ޙަމަލާގެ ސަބަބުން 500 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ޔަހޫދީ ދައުލަތަށް ވަނީ ލިބިފައެވެ.
އީރާނުން ޔަހޫދީ ދައުލަތަށް ޙަމަލާ ދެމުންދަނީ ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދޭން ފަށާފައިވާ ޙަމަލާގެ ރައްދެއްގެ ގޮތުގައެވެ. އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި އާންމުން ޝަހީދުވި ޙަމަލާއަށް ފަހު އެ ޤައުމުން ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. އެ ޙަރަކާތުގެ ދަށުން މިހާތަނަށް 18 މިސައިލް ޙަމަލާ އެ ޤައުމުން ވަނީ ދީފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ޔަހޫދީ ދައުލަތުގެ މެދުތެރޭ ސަރަޙައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި ބެން ގުރިއޮން ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވެސް ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ޝާހެދު-136 ޑްރޯންގެ އިތުރުން މިސައިލް ބޭނުން ކޮށްފައިވެއެވެ. އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންގެ ކުރިއަރާފައިވާ ވައިގެ ދިފާޢީ ނިޒާމުތަކަށް އެ ޙަމަލާތައް ހުއްޓުވިފައި ނުވާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވެސް ވަނީ އީރާނާށް ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން އިރާނުގެ އެންމެ ބޮޑު ނިއުލްލިޔަރ ދިރާސާ މަރުކަޒު ކަމުގައިވާ އިސްފަހާން ނިއުކްލިޔަރ ޓެންނޮލޮޖީ ސެންޓަރު ހުންނަ އިސްފަހާންއަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. ޔަހޫދީން ވަނީ އީރާނުގެ އިންޤިލާބީ ފައުޖުގެ ޔޫއޭވީ ޔުނިޓާ މި ވަގުތު ޙަވާލުވެ ހުންނެވި ކޮމާންޑަރު، އަމީން ޕޫރު ޖޮދްކީ ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް ބުނެފައެވެ. އޭނާގެ ކުރިން އެ ޔުނިޓުގެ ކޮމާންޑަރުގެ ގޮތުގައި ހުންނެވި ތަޙާރު ފޫރު ވެސް ޔަހޫދީން ވަނީ ޖޫން 13ގައި ދިން ޙަމަލާގައި ޝަހީދު ކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
