
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ދިފާޢީ ދާއިރާއަށް ނާޒުކު މެޝިންތަކެއް ފޯރުކޮށްދިނުމަށް އެހީތެރިވެފައިވާތީ 8 ކުންފުންޏަކާއި އެއް އުޅަނދާއި ފަރުދަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން އިޢުލާނު ކޮށްފިއެވެ. އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ އީރާނުގެ ބެލިސްޓިކް މިސައިލްއާއި އަންމޭންޑް އޭރިއަލް ވެހިކަލް އަދި ހަތިޔާރު މަޝްރޫޢުއަށް ބޭނުންވާ ނާޒުކު އަދި އެކި ބޭނުންތަކަށް ބޭނުން ކުރެވޭ ޓެކްނޮލޮޖީ ހޯދުމަށް އީރާނުން ކުރާ މަސައްކަތަށް ހުރަސް އެޅުމަށް އެމެރިކާއިން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ސަލާަމަތާއި ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވާ ނުރައްކާތެރި ހަތިޔާރު އުފެއްދުމާއި ގިނަ ކުރުމުގެ އީރާނުގެ ގާބިލުކަން އެމެރިކާގެ މާލީ ވުޒާރާއިން ދަށް ކުރަމުން ދާނެ ކަމަށެވެ.
އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ދެ ކުންފުނީގެ ތެރޭގައި ހޮންކޮންގުގައި ޤާއިމު ކޮށްފައިވާ ދެ ޝިޕިންގ ކުުންފުނި ކަމަށްވާ ޔުނިކޯ ޝިޕިންގ ލޯ ލިމިޓެޑާއި އެތީނާ ޝިޕިންގ ކޯ ލިމިޓެޑް ހިމެނެއެވެ. އެމެރިކާއިން ވަނީ ނިރުބަވެރިކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ބުނެ ޔަމަނުގެ ހަރިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ. އީރާނަށް ވާގިވެރިވާ މި ޖަމާޢަތާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ޤާނޫނާ ޚިލާފަށް ތެލުގެ ވިޔަފާރި ކުރުމާއި ޝިޕިންގގެ މަސައްކަތް ކުރާތީ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެ ފިޔަވަޅުތައް އަޅާފައި ވަނީ ހަތަރު ފަރުދުންނާއި 12 ކުންފުންޏަކާއި ދެ އުޅަނދަކާ ދެކޮޅަށެވެ. މި ފަރާތްތައް މެދުވެރި ކޮށް ޙޫޘީންނަށް އެހީތެރި ވުމަށް ތެލާއި އެހެނިހެން ޤަަވާއިދާ ޚިލާފު ސާމާނު އެތެރެ ކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
