
(ފޮޓޯ ކްރެޑިޓްސް: ޕްރެސްޓީވީ)
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ ޙަރަކާތް، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން އަނެއްކާ ވެސް ޔަހޫދީ ދައުލަތަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީ ދައުލަތުގެ އުތުރާއި ދެކުނުގެ ސަރަޙައްދުތައް ހިމެނޭ ގޮތަށް ދީފައިވާ މި ޙަމަލާތަކަކީ މި އަސްކަރީ ޙަރަކާތުގެ ދަށުން ދޭ މި ފަދަ 17ވަަނަ ޙަމަލާއެެވެ. އީރާނުން ދިން މިސައިލް އަދި ޑްރޯން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކަށާއި ސިނާޢީ މަރުކަޒުތަކަށާއި ޖާސޫސީ އިދާރާތަކަށެވެ.
އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ތަރުޖަމާނު ނެެރުއްވި ބަޔާނެއްގައި ވިދާޅުވީ ދުރު ހިސާބުތަކަށް ދަތުރު ކުރެވޭ ލޯންގު ރޭންޖު މިސައިލްގެ އިތުރުން ބަރު މިސައިލު ވެސް ޔަހޫދީންނާ ދެކޮޅަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން ތަފާތު ބާވަތްތަކުގެ ޑްރޯން ބޭނުން ކޮށްގެން ޙަމަލާ ދީފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ތަރުޖަމާނު ވިދާޅުވީ ދުނިޔެއިން އިންތިޒާރު ކުރަމުން ދަނީ އީރާނުން ދޭނެ ހީނުކުރާ ޙަމަލާތަކަށް ކަމަށެވެ. ކިތަންމެ ގިނަ ޙަމަލާއެއް އީރާނާ ދެކޮޅަށް ދިން ނަމަވެސް އެ ޙަމަލާތަކުން ދިފާޢުވާން ކުރާ މާތް މަސައްކަތާއި ޤައުމުގެ ރައްޔިތުންގެ ވާގިވެރިކަމުގެ ސަބަބުން އީރާނަށް ކާމިޔާބު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޙަމަލާތަކުގައި ގެއްލުން ލިބޭ ޔަހޫދީންގެ ބިންތަކާއި އިމާރާތްތަކުގެ ފޮޓޯ ނެގުން އެ ޤައުމުން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް މީސްމީޑީޔާގައި ދައުރުވަަމުންދާ ބައެއް ވީޑިޔޯތަކުގައި ހައިފާގެ ބަނދަރު ސަރަޙައްދަކަށް ޙަމަލާ ދިނުމުން އެ ސަރަޙައްދުގައި ބޯ ދުންގަނޑެއް ފެތުރެމުންދާތަން ފެނެއެވެ. އީރާނުގެ ޙާމަލާތަކުގެ ސަބަބުން ހައިފާގެ މަގުތައް ވަނީ ފަޅުވެފައެވެ. ޙަމަލާ ދިނުމަށް އީރާނުން މިހާރު ބޭނުން ކުރާ މިސައިލްތަކަކީ ޔަހޫދީންގެ ވައިގެ ނިޒާމުތަކަށް ހުއްޓުވުން އުނދަގޫ މިސައިލްތަކެކެވެ. މިހާރު ދެމުންދާ މިސައިލް ޙަމަލާތަކުގައި މުޅިން އަލަށް ބޭނުން ކުރަން ފަށާފައިވާ އައު ބާވަތްތަކުގެ މިސައިލްތައް ވަނީ ކާމިޔާބުކަމާއެކު އަމާޒަށް އަރައިފައެވެ.
އީރާނުން ހުކުރު ދުވަހު ދިން ޙަމަލާތަކުގައި ޝާހިދު-136 ޑްރޯން ވެސް ބޭނުން ކޮށްފައިވެއެވެ. ޔަހޫދީ ދައުލަތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަށް ބޭނުން ކުރާ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް14 ހުންނަ އިމާރާތައް ވެސް އީރާނުން ގެއްލުން ދީފައިވެއެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އީރާނުން ދެމުންދާ ޑްރޯން އަދި މިސައިލް ޙަމަލާތަކުން ދައްކުވައިދެނީ ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމުތަކުގެ ނިކަމެތިކަމާއި ނުކުޅެދުންތެރިކަން ކަމަށް އަސްކަރީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.ވައިގެ ދިފާޢީ ނިޒާމު ޤާއިމު ކޮށްފައިވާ ނަމަވެސް، އަދިވެސް ޙަަމަލާތައް އަމާޒުވަމުން ދާތީ ޔަހޫދީ ވަޒަންވެރިންނަށް ވަނީ އެ ސަރަޙައްދުތައް ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ ވިލާތުގެ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ސްވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގަންނަވާފައެވެ. އެއީ ޔަހޫދީން އީރާނާ ދެކޮޅަށް ދެމުންދާ ޙާމަލާތަކާ މެދު މަޝްވަރާ ކުރުމަށެވެ. ޢަރާޤްޗީ ވަނީ އެމެރިކާއިން ވާގިވެރިގެން ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތައް ހުއްޓައި ނުލާނަމަ އިތުރަށް އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
