
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި މެދުއިރުމަތީގެ މަސްރަޙު ހޫނުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަަށައިފިއެވެ. އަދި، ޑޮލަރުގެ ބާރު ގަދަ ވާން ފަށައިފިއެވެ. އިސްވެ ޖޫން 13ވަނަ ދުވަހު އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އެއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކު ދެމުންދާ ޙަމަލާތަކެއް ކަމަށް ބެލެވެއެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ވަނީ ރައްދު ޙަމަލާތައް ދޭން ފަށާފައެވެ. އަދި، ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކުރަން ފަށާފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު މެދުއިރުމަތީގެ މަސްރަޙު ވަނީ ހޫނުވެފައެވެ. އަދި، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ. އެއް ކޮޅުން އީރާނަކީ މެދުއިރުމަތީގެ މައި ބާރެކެވެ. އަނެއް ކޮޅުގައި އޮތް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ ޓްރަމްޕެވެ.
ޑޮލަރުގެ އަގު ކަނޑައަޅަނީ ބައިނަލްއަޤްވާމީ ހަ ފައިސާއަކާ އަޅައިކިޔައެވެ. އޭގެ ތެރޭގައި ސްވިޓްޒަލެންޑުގެ ފްރެންކް، ޖަޕާނުގެ ޔެން އަދި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ޤައުމުތަކުގައި ބޭނުން ކުރާ ޔޫރޯ ހިމެނެއެވެ. މާހިރުން ބުނީ، މެދިއިރުމަތީގެ މަސްރަޙު ހޫނުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގަަށް ވެސް ލޮޅުން އަންނަން ފަށާފައިވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ހަފުތާގައި ޑޮލަރުގެ އަގު %0.6އިން އުފުލޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. ޑޮލަރުގެ އަގު އުފުލުމަކީ ޑޮލަރަށް ލިބޭ ކުރިއެރުމެކެވެ. އަދި، ޑޮލަރުގެ ބާރު ގަދަވަމުންދާ ކަމުގެ އިޝާރާތެކެވެ. ޑޮލަރުގެ އަގު އުފުލެމުންދާ އަނެއް ސަބަބަކީ، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަން ހާމަވުން ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ކުރިއަށް އޮތް ދެ ހަފުތާއެއް ދުވަހުގެ ތެރޭގައި އިރާނަށް ޙަމަލާ ދިނުމާ މެދު ގޮތެއް ނިންމަވާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މެދުއިރުމަތީގެ މަސްރަޙު ހޫނުވުމާ އެކު ޑޮލަރުގެ އަގު އުފުލެން ފަށާފައި މި ދަނޑިވަޅުުގައި، ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އަދި، އަގުތައް ވަނީ އުފުލެން ފަށާފައެވެ. ނަމަވެސް، ޖޫން 20ވަނަ ދުވަހު ތެލުގެ އަގުތަކަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. މި ގޮތުން، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ ބްރެންޓް ކްރޫޑް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ %2އިން ދަށަށް ގޮސްފައެވެ. އަދި، އަދި، 77 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. ނަމަވެސް، އެއީ ޖަނަވަރީ މަހުގެ އަގުތަކާ އަޅައިބަލާއިރު ބޮޑު އަގެކެވެ.
ދުނިޔޭގެ ބާޒާރުގައި ފައިސާގެ އެންމެ ފަހުގެ އަގުތަކަށް ބަލައިލާއިރު، އެމެރިކާ ޑޮލަރާ އަޅައިކިޔާއިރު ޔޫރޯ ވަނީ %0.2 ކުރިއަށް ޖެހިލާފައެވެ. ޔޫރޯއެއްގެ އަގު މި ވަގުތު ހުރީ 1.1519 އެމެރިކާ ޑޮލަރުގައެވެ. ޖަޕާނުގެ ޔެންގެ އަގު ހުރީ އެއް މިންގަނޑެއްގައި ހިފެހެއްޓިފައެވެ. އެއީ، ޑޮލަރަކަށް 145.44 ޔެންގެ ރޭޓުންނެވެ. ނަމަވެސް، ސްވިސް ފްރެންކްގެ އަގު ވެއްޓެމުންދާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ. މި ގޮތުން، ޑޮލަރަކަށް 0.817ގައި ހުރި ސްވިސް ފްރެންކްގެ އަގު ކުރިއަށް އޮތް ހަފުތާގައި އިތުރަށް ވެއްޓިގެންދާނެ ކަމަށް މާހިރުން އަންދާޒާ ކުރެއެވެ. ޑޮލަރުގެ އަގާ އަޅައިބަލާއިރު، ޗައިނާގެ ޔުއާންގެ އަގު ވަނީ އުފުލިފައެވެ. މި ވަގުތު، ޔުއާންގެ އަގު ހުރީ ޑޮލަރަކަށް 7.18ގެ ރޭޓުގައެވެ. އަދި، އިނގިރޭސިވިލާތުގެ ޕައުންޑުގެ އަގު ވެސް ވަނީ އުފުލިފައެވެ. މި ގޮތުން، ޕައުންޑެއްގެ އަގު މި ވަގުތު ހުރީ 1.349 ޑޮލަރުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
