
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން އީރާނަށް ނިއުކްލިޔަރ ޙަމަލާއެއް ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި، އެ ފަދަ އަމަލެއް އެމެރިކާއިން ކޮށްފި ނަމަ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމުގައި ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕިސްކޯފް ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ނިއުކްލިޔަރ ބޮމެއް ބޭނުން ކުރުމާ ގުޅޭ ގޮތުން އެމެރިކާއިން ވިސްނަމުންދާ ކަމުގެ އަޑުތައް ފެތުރެން ފެށުމާ ގުޅިގެންނެވެ.
އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އެމެރިކާއިން ނިއުކްލިޔަރ ހަތިޔާރެއް ބޭނުން ކުރުމާ ގުޅޭ ގޮތުން ވިސްނަމުންދާ ކަމުގެ މަޢުލޫމާތު ފުރަތަމަ ހާމަކޮށްފައިވާ އެއް ނޫހަކީ އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ދި ގާޑިޔަނެވެ. އެ ނޫހުން ބުނީ، އީރާންގެ ފޫރްދޫ ނިއުކްލިޔަރ މަރުކަޒަށް ޙަމަލާ ދިނުމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ދާއިރާގެ އޮފިޝަލުންނަށް މަޢުލޫމާތު އަރުވާފައިވާ ކަމުގައެވެ. އަދި، ޢާންމުކޮށް ބޭނުން ކުރާ ހަތިޔާރު ބޭނުންކޮށްގެން އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތައިނުލެވޭނެ ކަމަށާއި، އެ ކަން ކުރުމަށް ޓެކްޓިކަލް ނިއުކްލިޔަރ ހަތިޔާރެއް ނުވަތަ ކުޑަ ނިއުކްލިޔަރ ބޮމެއް ބޭނުން ކުރަން ޖެހޭނެ ކަމުގައި މަޢުލޫމާތު ދީފައިވާ ކަމުގައެވެ.
ނަމަވެސް، ފޫރްދޫއަށް ޙަމަލާ ދިނުމަށް އެ ފަދަ ނުރައްކާތެރި ނިއުކްލިޔަރ ބޮމެއް ބޭނުން ކުރުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ނުގެންދަވާ ކަމުގައި ވެސް، މަޞްދަރުތަކާ ޚަވާލާދީ އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ. އަދި، އީރާނަށް ޙަމަލާ ދިނުމާ މެދު ގޮތެއް ނިންމުމަށް ވައިޓް ހައުސްގައި ބާއްވާފައިވާ ބައްދަލުވުންތަކުގައި އެ ފަދަ ހަތިޔާރެއް ބޭނުން ކުރުމަށް ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޑޭން ކެއިން ހުށަހަޅުއްވާފައި ނުވާ ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރިއެވެ.
ރަޝިޔާގެ ތާސް ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޕިސްކޯފް ވިދާޅުވީ، އީރާނަށް ޙަމަލާ ދިނުމަށް ނިއުކްލިޔަރ ބޮމެއް ބޭނުން ކުރުމާ ގުޅޭ ގޮތުން ހުޅަނގުގެ ބައެއް މީޑިޔާތަކުގައި އަޑުތައް ގަަދަވެފައިވާ ކަމުގައެވެ. ނަމަވެސް، އެއީ ކޮން މީޑިޔާތަކެއް ކަން އޭނާ ހާމަކުރައްވާފައެއް ނެތެވެ. ޕިސްކޯފް ވިދާޅުވީ، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ނިއުކްލިޔަރ ބޮމެއް ބޭނުން ކުރުމަކީ ބުއްދިވެރި އަދި ވިސްނުންތެރި ކަމަކަށް ނުވާނެ ކަމުގައެވެ. އަދި، އެ ފަދަ ގޮތަކަށް އެމެރިކާއިން އަމަލު ކޮށްފި ނަމަ، މަސްރަޙު އިތުރަށް ގޯސްވެ، ނަތީޖާ ނުރައްކާތެރިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޗޮރްނޯބިލާ އެއް ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ބިރު
ޔަހޫދީން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެއީ، ޓްރަމްޕްގެ ރުހުމާ އެކު ދެމުންދާ ޚަމަލާތަކެއް ކަމަށް ބެލެވެއެވެ. އަދި، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ގޮތެއް ނިންމެވުމަށް ޓްރަމްޕް ގެންދަވަނީ ވިސްނާވަޑައިގަންނަވަމުންނެވެ. ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާނަށް ޙަމަލާ ދިނުމާ މެދު ގޮތެއް ނިންމަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވާ ކަމުގައި ވައިޓް ހައުސުން ބުންޏެވެ.
އީރާނަށް އެމެރިކާއިން ޙަމަލާ ދޭން ނިންމައި، އެ ފަދަ ޙަމަލާއެއްގައި ނިއުކްލިޔަރ ބޮމެއް ބޭނުން ކުރުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމުގައި ޕިސްކޯފް ވިދާޅުވެފައިވާއިރު، ރަޝިޔާގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިދާރާ (ރަސްއަތަމް)ގެ ވެރިޔާ ވެސް ވަނީ އީރާންގެ ބޫޝަހްރު ނިއުކްލިޔަރ ހަކަތަ އުފައްދާ މަޒުކަޒަށް ޙަމަލާ ދިނުމަކީ ވެސް ބުއްދިވެރި ކަމަކަށް ނުވާނެ ކަމުގައި ވިދާޅުވެފައެވެ. ރަސްއަތަމްގެ ވެރިޔާ އަލެކްސީ ލިޚަޗޮފް މި މޭރުމުން ވިދާޅުފައި މި ވަނީ، ބޫޝަހްރު ނިއުކްލިޔަރ މަރުކަޒަށް ޙަމަލާތަކެއް ދީފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އެ ކަން ހާމަކުރުމުގެ ކުޑަ ވަގުތުކޮޅެއް ފަހުން ޔަހޫދީން ވަނީ އެ ކަން އަމިއްލައަށް ދޮގު ކޮށްފައެވެ.
ބޫޝަހްރަކީ އީރާންގައި މި ވަގުތު ހުރި ނިއުކްލިޔަރ ހަކަތަ އުފައްދާ ހަމައެކަނި ޕްލާންޓް ނުވަތަ މަރުކަޒެވެ. އެ ތަން ބިނާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ރަޝިޔާއިންނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވީ، ބޫޝަހްރުގައި މަސައްކަތް ކުރާ ރަޝިޔާގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން ޔަހޫދީން އަރުވާފައިވާ ކަމުގައެވެ. ލިޚަޗޮފް ވިދާޅުވީ، ބޫޝަހްރަށް ޙަމަލާދީފި ނަމަ، 1986ވަނަ އަހަރު ޔޫކްރެއިންގެ ޗޮރްނޯބިލްގައި ހިނގި ނިއުކްލިޔަރ ހާދިސާ ފަދަ ނުރައްކާތެރި ހާދިސާއަކާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. ޗޮރްނޯބިލްގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައި ވަނީ ނިއުކްލިޔަރ ރިއެކްޓަރެއް ގޮވުމާ ގުޅިގެންނެވެ. އެ ހާދިސާއަށް ފަހު ނިއުކްލިޔަރ ރޭޑިޔޭޝަން ބޭރުވެ، އެ ރަށް ވަނީ ފަޅުވެފައެވެ.
އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް ރަޝިޔާއިން ވަނީ ކުށްވެރި ވެސް ކޮށްފައެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ، އެއީ ޣައިރުޤާނޫނީ ޖަރީމާއެއް ކަމަށާއި، ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައެވެ. “ބޫޝަހްރު ނިއުކްލިޔަރ ޕްލާންޓުގެ ރައްކާތެރިކަމާ މެދު އަޅުގަނޑުމެން އިންތިހާއަށް ކަަންބޮޑުވޭ، އެ ތަން އޮޕަރޭޓު ކުރުމުގައި ރަޝިޔާގެ މާހިރުން ދަނީ ހަރަކާތްތެރިވަމުން،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
