
ޔަހޫދީން އީރާނަށް ވަރުގަދަ ޙަމަލާތައް ދެމުންދާއިރު ވެސް އީރާނުގެ ރައްޔިތުން ބިރެއް ނެތި ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެއްޖެއެވެ. އެތައް ސަތޭކަހާސް ބަޔަކު ހުކުރު ނަމާދުގެ ޖަމާޢަތަށް މަގުތައް ފުރާލުމުން އީރާނުގެ ރައްޔިތުން ޔަހޫދީންގެ އިންޒާރުތަކަށް ނުފިލާނެ ކަމާއި ޙަމަލާތަކަށް ކެރިގެން ކުރިމަތިލާނެ ކަން ވަނީ ދައްކުވައިދީފައެވެ. އަދި އެ މީހުންގެ ހިތްވަރާއި ޖެހިލުންކުޑަކަން ވަނީ މުޅި ދުނިޔެއަށް ހާމަ ކޮށްދީފައެވެ. މަގުތަކުގައި ތަރުތީބުކަމާއެކު ސަފުތައް ހަދާ މާސިންގާ ޖަމާޢަތެއްގައި ކުރި ހުކުރު ނަމާދުން ދައްކުވައިދިނީ ޔަހޫދީންގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ކުޑަކަކޫ ނުޖަހާނެ ކަމާއި އެ ޤައުމުގެ ރައްޔިތުން ކުއްތަންވަނީ ހެއްދެވި ފަރާތަށް ކަމެވެ.

ހުކުރު ނަމާދަށް ފަހު އީރާނުގެ ރައްޔިރުން ވަނީ ޔަހޫދީންގެ ޙަމަލާތައް ކުށްވެރި ކޮށް، ރައްޔިތުން ޤައުމާއެކު ތިބިކަން ދެއްކުމަށް ބޮޑު ހިނގާލުމެއް ބާއްވާފައެވެ. ހިނގާލުމުގައި ބައިވެރިވި މީހުންގެ ޢަދަދު ގިނަ ކަމުން އީރާނުގެ މުޅި އާބާދީ ހިނގާލުމުގައި ބައިވެރިވެފައިވާ ކަމަށް ސިފަވިއެވެ. އީރާނުގެ ހުޅަނގުގެ އަވަށްތަކުގައި ދިރިއުޅޭ ކުރުދީން ވެސް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. ހޫނު މޫސުމުގެ ހޫނުގަދަ ދުވަހެއްގައި އީރާނުގެ މަގުތަކަށް ޤައުމުގެ ހުރިހާ ފަންތިއެއްގެ ހުރިހާ ރައްޔިތުން އެއްވުމުން ދައްކުވައިދިނީ ދިނީ ގޮތުންނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ޤައުމުގެ ދިފާޢުގައި ހުރިހާ ފިކުރެއްގެ، ހުރިހާ ދީނެއްގެ، އަދި ހުރިހާ ކުލައެއްގެ މީހުން ވެސް އެއްގަލަކަށް އަރައި އެކުގައި މަސައްކަތް ކުރާނެ ކަމެވެ. ހިނގާލުމުގައި ބައިވެރިވި މީހުން ދިޔައީ ޤައުމަށްޓަކައި ޤުރުބާން ވުމަށް ތައްޔާރަށް ތިބި ކަމަށް ބުނަމުންނެވެ.
ޕާކިސްތާނާއި ޢިރާޤާއި ލުބުނާނާއި ވެނެޒުއެލާގައި ވެސް އީރާނަށް ހިތްވަރުދީ ހިނގާލުންތައް ބާއްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
