
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކުރަމުން ދިޔަ ނަމަވެސް، އެ ޤައުމުން ތެޔޮ އުފައްދައި، ބޭރު ކުރުން މެދުކަނޑައިލާފައި ނުވާ ކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ، ތެޔޮ އުފުލާ އުޅަނދުފަހަރުގެ ދަތުރުތައް މޮނިޓަރު ކުރާ ކުންފުނިތަކުންނެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ އެކު ވެސް އީރާނުން މި ވަނީ އެ ޤައުމަށް ބޭރު ފައިސާ ލިބޭ މައި އެއް މަގު ބަންދު ކުރުމަށް އިންކާރު ކޮށްފައެވެ. ޔަހޫދީ ފައުޖުން އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މައި މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑާރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
ތެލުގެ ވިޔަފާރި ކުރުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އޮތީ ހުރަސްތަކެއް ކުރިމަތި ކޮށްފައެވެ. އަދި، ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް، އީރާނުން މިހާރު ވެސް ސިއްރިޔާތުގައި ތެޔޮ ބޭރު ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ތެޔޮ ބޭރު ކުރުމަށް އީރާނުން ބޭނުން ކުރަނީ އެހެން ޤައުމުތަކުގެ ދިދައިގެ ދަށުން އޮޕަރޭޓު ކުރާ އުޅަނދުފަހަރެވެ. ތެޔޮ އުފައްދާ (އޯޕެކް+)ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމަކީ އީރާނެވެ. އީރާނުން އުފައްދާ ތެލުގެ ބޮޑު އިންސައްތައެއް ގަންނަނީ ޗައިނާއިންނެވެ. ތެޔޮ އުފުލާ ޓޭންކަރުތައް ނުވަތަ އުޅަނދުފަހަރުގެ ދަތުރުފަތުރުގެ ކަންކަން މޮނިޓަރު ކުރާ ކުންފުނިތަކުން ބުނީ، އީރާނުން ބޭނުން ކުރާ ފްލޯޓިންގ ސްޓޯރޭޖެއް ނުވަތަ ކަނޑުގައި ޤާއިމު ކޮށްފައިވާ ތެޔޮ ރައްކާކުރާ ގުދަނެއް ޗައިނާގެ ސަރަޙައްދަށް ގެންގޮސްފައިވާ ކަމުގައެވެ.
ޔަހޫދީންގެ ޢުދުވާނާ ގުޅިގެން އީރާނުން ތެޔޮ ބޭރު ކުރާ މިންވަރަށް ބަދަލެއް އައިސްފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި ގޮތުން، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާނުން ދުވާލެއްގެ މައްޗަށް 2.2 މިލިޔަން ފީފާގެ ތެޔޮ ބޭރު ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ކުންފުންޏަކުން ހާމަކުރިއެވެ. އެއީ، ފާއިތުވި ހަފުތާތަކާ އަޅައިބަލާއިރު ރެކޯޑު އަދަދެއް ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާއިން ވެސް ބުނީ، އީރާނުން ތެޔޮ އުފައްދައި، ބޭރު ކުރާ މިންވަރަށް މި އަހަރުގެ ތެރޭޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ. މި ގޮތުން، މި އަހަރުގެ މިހާތަނަށް އެ ޤައުމުން ކޮންމެ ދުވަހަކު 1.7 މިލިޔަން ފީފާގެ ތެޔޮ ބޭރު ކޮށްފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އީރާނުން ބޭނުން ކުރާ 40 މިލިޔަން ފީފާގެ ތެޔޮ ރައްކާ ކުރެވޭ ބިޔަ ގުދަނެއް ޗައިނާއާ ގާތަށް ގެންގޮސްފައިވާ ކަމުގައެވެ. އެއީ، ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ތެޔޮ ބޭރު ކުރުމަށް ހުރަސް އެޅުނަ ނުދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
