
(ފޮޓޯ ކްރެޑިޓްސް: ޕަލަސްޓީން އެކްޝަން)
ފަލަސްޠީނުގެ ޣައްޒާގައި ބޮން އަޅަން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބޭނުންކުރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ، އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކަކަށް، ފަލަސްޠީނަށް ތާޢީދުކުރާ އެކްޓިވިސްޓުންތަކެއް ގެއްލުންދީފިއެވެ. ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ އިނގިރޭސިވިލާތުގެ މައި އަސްކަރީ މަރުކަޒެއް ކަމަށްވާ އާރުއޭއެފް ބްރައިޒް ނޯޓަން އަށް ވަދެ އަސްކަރީ ދެ މަތިންދާބޯޓަކަށް ގެއްލުންދީފައިކަމަށް އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ ޔަޤީންކޮށްދީފައެވެ.
އެ އަސްކަރީ މަރުކަޒަށް ވަދެވުނު މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ފަލަސްޠީނުގެ ހައްޤުގައި މަސައްކަތްކުރާ “ޕަލަސްޓައިން އެކްޝަން”އިން ބުނީ، ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންގެ ނަޞްލު ހޭދަކުރުމަށް ޔަހޫދީންގެ ފައުޖުން ހިންގަމުންދާ ޖަރީމާތައް އިނގިރޭސިވިލާތުން ކުށްވެރިކުރިނަމަވެސް، އިނގިރޭސިވިލާތުން ދަނީ ޔަހޫދީންގެ ދަޢުލަތަށް އެހީތެރިކަން ފޯރުކޮށްދީ، އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން ޖާސޫސުކޮށްދީ އަދި ޣައްޒާއަށް ބޮން އަޅާ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދެމުން ކަމަށެވެ.
އާރުއޭއެފް ބްރައިޒް ނޯޓަން އަކީ އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ މުހިންމު މަރުކަޒެކެވެ. އަދި ސައިޕްރަސްގައި ހުންނަ ސަރަޙައްދީ މައި ވައިގެ ބަނދަރަށް އާރުއޭއެފް އަކްރޮޓިރީއަށް ތެލާއި ސާމާނު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަރުކަޒެކެވެ. ޕަލަސްޓައިން އެކްޝަން ޖަމިއްޔާއިން ބުނީ، ބްރައިޒް ނޯޓަންގެ ދެ މަތިންދާބޯޓު ބޭނުންނުކުރެވޭ ވަރަށް އެކްޓިވިސްޓުން ވަދެ ގެއްލުންދީފައިވާ ކަމަށެވެ. ފަލަސްޓައިން އެކްޝަން އިން ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން ވެސް މިފަދަ ހަރަކާތްތަކެއް ހިންގާފައިވާއިރު، އެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކަށެވެ. މިގޮތުން، އެ ޖަމިއްޔާއިން ވަނީ މިދިޔަ މެއި މަހު އަޔަލޭންޑްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް ވެސް ގެއްލުން ދިނުމުގެ ޒިންމާ ނަގައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
