
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވާހަކަފުޅު ދައްކަވާފައި ވަނީ ފޯނުން ގުޅުއްވައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން ޢަރާޤިޖީއާއި ވިޓްކޮފް މަޝްވަރާ ކުރައްވާފައިވާ ކަން ހާމަ ކޮށްފައި ވަނީ ވިލާތުގެ ޤައުމުތަކުގެ މަޞްދަރުތަކުންނެވެ.
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެއީ، ޓްރަމްޕްގެ ރުހުމާ އެކު ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ބެލެވެ. ވިޓްކޮފާ ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވަނީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފަށާނީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމުން ކަމުގައި ވިދާޅުވެފައެވެ. އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާ ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުންނެވެ. އެ މަޝްވަރާތައް ފަށާފައި ވަނީ އޭޕްރިލް މަހުއެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ފެށުމާ އެކު އީރާނުން ވަނީ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ.
މަޞްދަރުތަކުން ބުނީ، ޢަރާޤިޖީއާއި ވިޓްކޮފާ ދެމެދު ބޭއްވި މަޝްވަރާތަކުގައި ޔުރޭނިޔަމް މުއްސަނދި ކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ. އަދި، އެމެރިކާއިން އައު ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމުގައެވެ. ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ބޭރު ޤައުމަކަށް ބަދަލު ކުރުމަށް އެމެރިކާއިން އޮތީ މޭ މަހުގެ ނިޔަލަށް އީރާނަށް މުހުލަތު ދީފައެވެ. ނަމަވެސް، އީރާނުން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ.
ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ތައްޔާރަށް އޮތް ކަން، ވިޓްކޮފް ގާތުގައި ޢަރާޤިޖީ ވިދާޅުވެފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އަދި، އީރާންގެ ޝަރުޠުތަކަށް ލުދިތަކެއްދީ، ޓްރަމްޕް ބޭނުންވާ ބަައެއް ކަންކަމަށް އެއްބަސްވުމަށް ނިންމާފައިވާ ކަން އޭނާ ވިޓްކޮފް ގާތު ވިދާޅުވެފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓައިނުލާ ނަމަ މަޝްވަރާތައް އަލުން ފެށުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.
ޔަހޫދީންނާ ބައިވެރިވެ އީރާނަށް ޙަމަލާ ދިނުމާ މެދު ޓްރަމްޕް ވިސްނަވަނީ
އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން އެމެރިކާއިން އަޅާނެ ފިޔަވަޅުތަކަކާ މެދު ޓްރަމްޕް މި ވަގުތު ގެންދަވަނީ ވިސްނަވަމުންނެވެ. ޔަހޫދީންނާ ބައިވެރިވެ އެމެރިކާއިން ވެސް އީރާނަށް ޙަމަލާ ދޭން ފެށުމަށް ޓްރަމްޕް ނިންމެވުން ގާތެވެ. އެ ކަމާ މެދު އޮތް ކަންބޮޑުވުން ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. ވައިޓް ހައުސުން ބުނީ، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާނާ މެދު އަމަލު ކުރާނެ ގޮތެއް ޓްރަމްޕް ނިންމަވާނެ ކަމުގައެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓެވެ.
“ކައިރި މުސްތަގުބަލެއްގައި [އީރާނާއި އެމެރިކާއާ ދެމެދު] މަޝްވަރާތައް އަލުން ފެށުމަށް އޮތް ފުރުޞަތަށް ރިއާޔަތްކޮށް، އެ ކަމާ މެދު [އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު] ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑު ގޮތެއް ނިންމާނަން،” ޓްރަމްޕް ވިދާޅުވެފައިވާ ކަން ލެވިޓް ހާމަކުރެއްވިއެވެ.
އީރާނާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އެކި ފަހަރު އެކި ގޮތަށެވެ. ޚާރިޖީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވުމަށް ފަހު، އީރާނަށް ޙަމަަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ޖޫން 18ވަނަ ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނާ މެދު އަމަލު ކުރައްވަން އޭނާ ނިންމަވާނެ ގޮތެއް އިތުރު އެއްވެސް މީހަކަށް ނޭނގޭނެ ކަމުގައެވެ. އަދި، އޭގެ ކުރީ ދުވަހު ޓްރަމްޕް ވަނީ، އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްވުމަށް ފަހު، އެއްވެސް ޝަރުޠަކާ ނުލައި އަމާން ދިނުން ނޫން އިތުރު ފުރުޞަތެއް އީރާނަށް ނުދެއްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ.
އެންމެ ފަހުން ލެވިޓް ވިދާޅުވީ، ޚާރިޖީ ހައްލެއް ހޯދުމަށް ޓްރަމްޕް އިސްކަން ދެއްވާ ކަމުގައެވެ. ނަމަވެސް، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ނުދެއްވުމަކީ އޭނާގެ މައިގަނޑު ސިޔާސަތު ކަމުގައި ވެސް ލެވިޓް ވިދާޅުވިއެވެ. ޓްރަމްޕްގެ މައިގަނޑު އަމާޒަކީ އިރާންގެ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމެވެ. އަނެއްކޮޅުން، އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވުމަށް ޔަހޫދީން ދަނީ ޓްރަމްޕަށް ބާރު އަޅަމުންނެވެ. އަދި، މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއަށް އެމެރިކާ ވައްޓައިލުމަށް މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
