
(ފޮޓޯ ކްރެެޑިޓްސް: ރޮއިޓާރސް)
ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން ކާބޯތަކެތި ފޯރުކޮށްދޭ ކަމަށް ބުނާ މަރުކަޒުތަކަށް އިންސާނީ އެހީތެރިކަން ހޯދުމަށް ޖަމާވާ މީހުން ޤަތުލުކުރުމަށް އެ ޖަމުޢިއްޔާއާ ގުޅިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާ ކުރަން ފަށައިފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރަން ފަށާފައި މި ވަނީ، އީރާންގެ ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީން ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
ޖީއެޗްއެފާ ގުޅިގެން ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ފުޅާ ކުރަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި، އެ ޖަމުޢިއްޔާގެ ކާބޯތަކެތި ބަހާ މަރުކަޒުތަކަށް ޖަމާވާ ޣައްޒާގެ ރައްޔިތުންގެ ތެރެއިން ޝަހީދު ކުރަމުންދާ މީހުންގެ އަދަދުތައް ފުދެއެވެ. ޖޫން 19ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޖީއެޗްއެފްގެ މަރުކަޒެއް ކައިރީގައި ޢުދުވާނީ ޙަމަލާތަކެއްދީ 16 މީހުން ޝަހީދު ކޮށްލާފައެވެ. ޖޫން 18ވަނަ ދުވަހު ދީފައިވާ އެ ފަދަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 29އަށް އުފުލިފައެވެ. އަދި، އޭގެ ކުރީ ދުވަހު ވެސް 70އެއްހާ މީހުން ޝަހީދު ކޮށްލިއެވެ.
ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ކާބޯތަކެތި ހޯދުމަށް ޖަމާވާ މީހުންނަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން ދަނީ އެކި ބާވަތްތަކުގެ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި އަސްކަރީ ޑްރޯނާއި، މެޝިން ބަޑީގެ އިތުރުން އަސްކަރީ ޓޭންކުފަހަރު ހިމެނެއެވެ. ޖޫން 16ވަނަ ދުވަހު ވެސް އެ ފަދަ މަރުކަޒެއް ކައިރީގައި ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި 38 މީހުން ޝަހީދު ކޮށްލިއެެވެ. އަދި، އޭގެ ކުރީ ދުވަހު އިތުރު 17 މީހުން ޝަހީދު ކޮށްލިއެވެ.
ޖީއެޗްއެފަކީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ކުރަމުން ދިޔަ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އުފައްދާފައިވާ ޖަމުޢިއްޔާއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާ އެކު އުފައްދާފައިވާ އެ ޖަމުޢިއްޔާގެ މަރުކަޒުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަނީ އެމެރިކާގެ އަމިއްލަ ކުންފުނިތަކުންނެވެ.
“އެ ކަން [ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޔަހޫދީ ސިފައިން ޙަމަލާ ދިނުން] އެއީ ކޮންމެ ދުވަހަކު ވެސް ހިނގާ ކަމެއް. އެއީ ޢާންމު ކަމަކަށް ހަދައިފި. އީރާނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމައެއް ފަށާފައިވާއިރު، ޣައްޒާގެ ރައްޔިތުންގެ މަތިން މުޅި ދުނިޔެ ހަނދާން ނެތިގެން ހިނގައިދާނެ ކަމާ މެދު އެ މީހުން ކަންބޮޑުވޭ،” ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ ފައުޖުން ޖައްސާފައިވާ ހާލަތު ދުނިޔެއަށް ހާމަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ނޫސްވެރިއަކު ބުންޏެވެ.
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެއާ އެކު، ބައިނަލްއަޤްވާމީ މީޑިޔާގެ ލެންސުތަކާއި ސުރުޚީތައް ވަނީ އެ ހަނގުރާމައަށް ހުއްޓިގެން ގޮސްފައެވެ. އަދި، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޚަބަރުތަކާއި، އަޑުތައް ވަނީ ފަނޑުވާން ފަށާފައެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި، ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާ ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޢުދުވާންތައް ވެސް ވަނީ އިތުރު ކޮށްފައެވެ.
“ޣައްޒާއަށް އޮތް ސަމާލުކަން ކުޑަވުމުގެ ފައިދާ އިސްރާއީލުން ދަނީ ނަގަމުން އަދި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރުކޮށް ފުޅާ ކުރަމުން. ހުޅަނގު އައްސޭރީގައި ވެސް ޔަހޫދީ ފައުޖާއި ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ހިންގާ ޖަރީމާތައް ވަނީ އިތުރު ކޮށްފައި،” މިޑްލް އީސްޓް ކައުންސިލް އޮން ގްލޯބަލް އެފެއާޒްގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޢުމަރު އަލް-ރަޙްމާން ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ހިންގާ ޖަރީމާތައް ވެސް ވަނީ އިތުރު ކޮށްފައެވެ. ޢާންމުންގެ ގެދޮރަށް ރޭޑު ޖެހުމާއި، ރައްޔިތުން ހައްޔަރު ކުރުން ވަނީ މެކުހަށް ޖަހާފައެވެ. އަދި، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނަށް ދުއްތުރާ ކުރުމާއި، އެ މީހުންނަށް އަނިޔާ ކުރުުން ވަނީ އިތުރު ކޮށްފައެވެ.
ހުޅަނގު އައްސޭރީގެ ބައެއް ރައްޔިތުން ބުނީ، މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ވެސް ޔަހޫދީ ސިފައިން ހުރަސް އަޅަމުންދާ ކަމުގައެވެ. އަދި، ހުޅަނގު އައްސޭރީގެ ހުރިހާ އަވަށެއްގެ ދޮރުމަތީގައި ޔަހޫދީ ސިފައިން ފޯރުމަރަމުންދާ ކަމަށާއި، އެ އަވަށްތަކުގެ ރައްޔިތުންނަށް ޔަހޫދީ ފައުޖުން ދުއްތުރާ ކުރަމުންދާ ކަމުގައެވެ. ޖޫން 17ވަނަ ދުވަހަށް ފަހު ހުޅަނގު އައްސޭރީގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ރޭޑުޖަހައި ޔަހޫދީ ސިފައިން ވަނީ 60އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
