
(ފޮޓޯ ކްރެޑިޓްސް: ޖެމްކިއު)
ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދަނިކޮށް، އެ އިން ފައިސާ ނުނެގޭ މައްސަލަ ކުއްލި ގޮތަކަށް ބޮޑުވެ، އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ. ރާއްޖޭގައި ޖެމްކިޔު ބޭނުން ކުރަމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފުލުހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބުނެފައި ވަނީ އެއީ ހީލަތުން ހަދާފައިވާ ސްކީމެއް ކަމަށެވެ. އަދި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޮތީ ދީފަ އެވެ.
ރާއްޖޭގައި އެ ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ގެންގުޅެނީ ޓެލެގްރާމު ގްރޫޕެކެވެ. އެ ގްރޫޕުގައި ވެސް 41،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ބޭނުންކުރާ މީހުންގެ އަދަދު 50،000 އިން މައްޗަށް އަރާނެ ކަމަށް އޭގައި އުޅޭ ދިވެހިން ބުނެ އެވެ. އެކަމަކު އެއީ ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން ހާމަކުރީ މި ހަފްތާގައި އާންމުކުރި ބަޔާނެއްގަ އެވެ. އެނގިފައިވާ ގޮތުގައި ޓެލެގްރާމުގައި ހިންގަމުން އަންނަ ޖެމްކިޔުގެ ގްރޫޕުގައި އެ އަށް އިންވެސްޓްކުރަމުންދާ މީހުން މިހާރު ދަނީ ރެއިއްސުރެ ފައިސާ ނުނެގޭ މައްސަލަ ފެންމަތި ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ބައެއް މީހުން ބުނަނީ އެޑްމިން “ފިލައިފި” ކަމަށެވެ.
އެކަމާ ގުޅިގެން ގްރޫޕުގައި ބައެއް މީހުން ދަނީ ހަމަޖެހުމަށާއި ފައިސާ ލިބޭނެ ކަމަށް ވެސް ބުނެ، “މައިތިރި ކުރުމަށް” މަސައްކަތް ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ކަސްޓަމާ ސާވިސް އިން ވެސް ޖަވާބެއް ނުދެ އެވެ. ފައިސާ ނުނެގޭ މައްސަލާގައި މީހުން ރުޅިގަދަވުމުން، ބައެއް މީހުން ދަނީ ޖެމްކިޔުއަށް އިތުރުބާރު ކުރުމަށް އެދެމުންނެވެ.

ޖެމްކިޔު އިން ފައިސާ ނުނެގޭ މައްސަަލަ ބޮޑުވިއިރު އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފަ އެވެ. އެކަމަކު ތަހުގީގުކުރާތީ އޭގެ ތަފްސީލު އަދި ނުލިބެ އެވެ.

“ލަސްނުކޮށް އަވަހަށް ފައިދާ ހޯދާ” ގެ ނަމުގައި މި ގްރޫޕުން ދަނީ މި އަށް އިންވެސްޓް ކުރުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް އޭގެ ތެރެއަށް އިތުރު މީހުން ވައްދަން ބާރު އަޅަމުންނެވެ. ޖެމްކިޔު އިޝްތިހާރު ކުރަން ފެށުމުން އެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު “މިހާރު” އަށް ވިދާޅުވި ގޮތުގައި މި ސްކީމު ފަށާފައި ވަނީ ރާއްޖެއިންނެވެ. އެ މައްސަލަ ފެންމަތިވުމުން ފުލުހުން ވަނީ އިންޓަޕޮލް މެދުވެރިކޮށް ހުރިހާ ގައުމެއްގެ ފުލުހުންނަށް އެ ސްކީމުގެ މައުލޫމާތު ފޮނުވައިގެން އެ ކަހަލަ ކަމެއް އެ ގައުމުތަކުގައި ހިނގަމުންދޭތޯ ބަލައިފަ އެވެ. އެކަމަކު އެ އިން އެއްވެސް ގައުމެއްގައި ޖެމްކިޔު ސްކީމު އަދި ނުހިންގަ އެވެ.
ނަވީދު ވިދާޅުވިގޮތުގައި، ޖެމްކިޔު މުޅި ސްކީމު ކްރިޕްޓޯ ކަރެންސީގައި ހިންގާއިރު ކްރިޕްޓޯ ވެލޮޓް ޓްރޭސިންގެ ތެރެއިން ވެސް ފާހަގަވަނީ އެކަން ފެށިފައި ވަނީ ރާއްޖެއިންނެވެ. މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
