
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކްތަކަށް ލިބުނު އާމްދަނީން ލިބިފައިވާ ޓެކުހުގެ އަދަދު މިދިޔަ އަހަރު %51 އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ. ބޭންކުތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25ގެ ރޭޓުގައެވެ. އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނުގެ ދަށުން ބޭންކަކީ ޓެކްސް ނެގޭ ވަކި ފަރާތެކެވެ. މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން “ބޭންކް އިންކަމް ޓެކްސް”ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ %51.9 އިތުރުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
2024 ވަނަ އަހަރު ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ. މިއީ ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު %48 އިތުރު އަދަދެކެވެ. ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 993 މިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި 1.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެކުރީ އަހަރާއި އަޅާބަލާއިރު %51.9 އިތުރު އަދަދެކެވެ. 2023 ވަނަ އަހަރު ލިބިފައިވަނީ 967 މިލިޔަން ރުފިޔާއެވެ.
ބޭންކް އިންކަމް ޓެކްސް އާމްދަނީ އަންދާޒާކުރަނީ ވޭތުވެދިޔަ އަހަރުތަކުގައި ބަލައިގަތް އާމްދަނީގެ އެވްރެޖާއި ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ ކުރިއަރާނެ މިންވަރަށް ރިއާޔަތްކޮށްގެންނެވެ. ވޭދުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު 2024 ވަނަ އަހަރުގެ ފައިނޭންޝަލް ސެކްޓަރގެ ޖީޑީޕީ ވަނީ %8.88 އިތުރުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
