
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް، މުޅިން އައު ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. އަޙްމަދު ސަޢުދީ މިހެން ވިދާޅުވީ، ބާރސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީން ވަނީ 187 މަޝްރޫޢެއްގެ މަސައްކަތްކުރިއަށް ގެންގޮސްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެމްޓީސީސީގެ މަޝްރޫޢުތައް ނުނިމި ލަސްވުމާ ގުޅޭގޮތުން ހިއްސާދާރަކު ކުރެއްވި ސުވާލަކަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ ވަރަށް ތަފްޞީލުކޮށް ޖަވާބުދެއްވާފައެވެ. ސަޢުދީ ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 23ވަނަ ދުވަހާ ހަމައަށް، ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 800 މިލިޔަން ރުފިޔާގެ މެޝިނަރީ ގަނެފައިވާކަމަށެވެ. އަދި ލޯނުތައް ޑިފޯލްޓް ނުވާނެގޮތަށް، މި ތަކެއްޗަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިސްކަންދެއްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢުދީ ވިދާޅުވީ، ލޯނު ދައްކަންޖެހުމުގެ ސަބަބުން މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ މިންވަރަށް ޚަރަދު ނުކުރެވުމުގެ ސަބަބުން މަޝްރޫޢުތަކުގެ ކުރިއެރުން ދަށްވެފައިވެއެވެ. “ލޯނު ދައްކާފަ އަސްލު މިލިބޭ ލާރިން ޕްރޮޖެކްޓުތަކަށް ހިންގުމަށް މި އޮންނަނީ ގާތްގަނޑަކަށް 8 މިލިޔަން ރުފިޔާ. އެހެންވީމަ އެއީ އެއްފަހަރާ 187 ޕްރޮޖެކްޓް ގެންގުޅޭ އިރު އެއަށް ބޭނުންވާ މެޓީރިއަލްއާއި ނުވަތަ އެހެނިހެން ކޯސްޓުތަކަށް އިނަފް ވެލިއުއެއްނޫން. އެހެންމަ އެ އެމައުންޓް ބޮޑުކުރާގޮތަށް މިހާރު އޮތީ.” އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މީގެ އިތުރުން، އިތުރު ގިނަ މަޝްރޫޢުތަކެއް ކުންފުންޏާ ހަވާލުކުރެވިފައިވާއިރު، މި މަޝްރޫޢުތަކުގެ މަސައްކަތް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ސިޔާސަތެއް ގެންގުޅުއްވާކަމަށް ސަޢުދީ ފާހަގަކުރެއްވިއެވެ.
“ދެން އެބޭފުޅުން މި ކޮންޓްރެކްޓް ހަދާފަ އިންނަ ގޮތުން ފުރުސަތު އޮވެއްޖެކަމަށް ވަންޏާ އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުންދަނީ އެކަން ކުރުމުގެ ޤާބިލުކަން ހުންނަ ޕާޓީސްތައް ހުރިކަމުގައި ވަންޏާމު އެބޭފުޅުން މެދުވެރިކޮށް ސެގްމެންޓް ވައިޒްކޮށް މަސައްކަތް ނިންމަން. މިސާލަކަށް ގާއަޅާ ސިމެންތިޖެހުން ކަމުގައިވިޔަސް އެގޮތަށް ދެވެން ހުރި ޕްރޮޖެކްޓްތައް ބަލާފަ އެބޭފުޅުންނާއި އެކަން ހަވާލުކޮށްގެން ޓައިމަށް ކޮމްޕްލީޓުކުރުމުގެ ސިޔާސަތެއް އެބަ ގެންގުޅެން.” އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.
މި ގެނައި ބަދަލަކީ އެމްޓީސީސީގެ މަސައްކަތްތައް އަވަސްކުރުމަށާއި، ކުންފުނީގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސަޢުދީ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން، ކުންފުންޏަށް ލިބިފައިވާ މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމައި، ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
