
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އަނބުރާ ޤައުމަށް ނުދެވި ތާށިވެފައި ތިބި ޔަހޫދީން ޤައުމަށް ގެންދަން ފަށައިފިއެވެ. ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން އީރަނާއި ޔަހޫދީންނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ވަނީ ބަންދު ކޮށްފައެވެ. އެއާއެކު ޔަހޫދީންގެ އެތައް ހާސް ބަޔަކު ވަނީ އަނބުރާ ޤައުމަށް ދެވޭނެ މަގެއް ނެތި އެކި ޤައުމުތަކުގައި ތާށިވެފައެވެ. ޔަހޫދީ ސަރުކާރުން ވަނީ އެކި ޤައުމުތަކުގައި ތާށިވެފައި ތިބި ޔަހޫދީ ރައްޔިތުންގެ ޢަދަދު 50،000އަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައެވެ.
އެ ފަދަ މީހުން އަނބުރާ ޤައުމަށް ގެނައުމަށް ޔަހޫދީންގެ ޤައުމީ އެއާލައިން، އެލް އަލުން ވަނީ ޚާއްޞަ ފްލައިޓެއް ބާއްވާފައެވެ. ސައިޕްރަސްގައި ތިބި ގިނަ ޢަދަދެއްގެ ޔަހޫދީ ރައްޔިތުން ގޮވައިގެން ދަތުރު ކުރި މަތިންދާބޯޓު ތެލް އަވީވް ވައިގެ ބަނދަރުގައި ޖެއްސީ ޖޫން މަހުގެ 18ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޔަހޫދީން މިހާރު ވަނީ ގްރީސްގެ އެތެންސާއި އިޓަލީވިލާތުގެ ރޯމްއާއި މިލާންގެ އިތުރުން ފަރަންސޭސިވިލާތުގެ ޕެރިސްއިން މީހުން ގެނައުމަށް ފްލައިޓުތައް އިންތިޒާމް ކޮށްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެޜޭގައި ސައިޕްރަސް މަގުން 1،000އަށްވުރެ ގިނަ މީހުން ވަނީ އަނބުރާ ޤައުމަށް ގެނެސްފައެވެ. ޔަހޫދީން ބުނީ ޤައުމަށް އަނބުރާ މީހުން ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ސަލާމަތީ ކަންކަމަށް ބެލުމަށް ފަހު މަރުޚަލާތަކަކަށް ބަހާލައިގެން ކަމަށެވެ.
ޔަހޫދީ ދައުލަތަށް އަނބުރާ ނާދެވި އެތައް ހާސް ބަޔަކު ތިބިއިރު އެ ޤައުމުގައި ވެސް ޤައުމަށް އަނބުރާ ނުދެވި ތާށިވެފައިވާ އެހެން ޤައުމުތަކަށް ނިޞްބަތްވާ 38،000އަށްވުރެ ގިނަ ފަތުުރުވެރިން އެބަ ތިއްބެވެ. އީރާނުގައި ތިބި ބޭރު ޤަައުމުތަކަށް ނިޞްބަތްވާ މީހުން ވެސް ވަނީ ޤައުމަށް އަނބުރާ ނުދެވި ތާށިވެފައެވެ. އެ ފަދަ މީހުން ދަނީ އެއްގަމު މަގުން އީރާނުން ބޭރުވަމުންނެވެ. ޗައިނާއިން ވަނީ އީރާނުގައި ތިބި އެ ޤައުމުގެ ރައްޔިތުން ތެހްރާނުން ބޭރުކޮށް ތުރުކެމެނިސްތާނަށް ގެންގޮސްފައެވެ. ގިނަ ޢަދަދެއްގެ މީހުން ވަނީ ސަރަޙައްްދީ ރޮނގު ހުރަސް ކޮށް އަރުމޭނިޔާއަށާއި އަޒަރުބައިޖާނަށް ގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
