
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ޙަމަލާތައް ދިގުދެމިގެންދާ ނަމަ މިސައިލް ޙަމަލާތައް ހުއްޓުވުމަށް ޔަހޫދީ އަސްކަރިއްޔާއިން ބޭނުންކުރާ ޒަމާނީ މިސަައިލް އިންޓަސެޕްޓަރުތައް ހުސްވެދާނެކަމާމެދު އެމެރިކާއިން ކަންބޮޑުވެއްޖެއެވެ.
ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ކަންކަމާގުޅޭ މަޢުލޫމާތު އެނގޭ އެމެރިކާގެ ރަސްމީ މަސްދަރަކުން ބުނީ އީރާނުގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީންގެ މިސައިލް އިންޓަސެޕްޓަރުގެ ސްޓޮކު ހަލުވިކަމާއެކު މަދުވަމުންދާ ކަމަށެވެ. އެމެރިކާގެ ސަރުކާރުގެ އެއް ކަންބޮޑުުވުަމަކީ، ޔަހޫދީންގެ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ބައިވެރިވެ އީރާނާ ދެކޮޅަށް ޙަމަލާ ދީފި ނަމަ، އީރާނުން ޔަހޫދީންނާ ދެކޮޅަށް ދެމުންދާ މިސައިލް ޙަމަލާތައް އެތައް ގުނައެއް އިތުރު ކުރުމެވެ. އެ ފަދަ ޙާލަތެއްގައި، ޙަމަލާތަކުން ރެކުމަށް ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކުރަންޖެހޭ މިންވަރު އިތުރުވެ، ބޭނުން ކުރަން ޖެހޭ މިސައިލް އިންޓަސެޕްޓަރުގެ ޢަދަދު ވެސް އިތުރުވެގެންދާނެއެވެ. އެމެރިކާއަކީ މި އިންޓަސެޕްޓަރުތައް ޔަހޫދީންނަށް ފޯރު ކޮށްދޭ މައި ޤައުމަށް ވާއިރު، ގިނަ ޢަދަދެއްގެ އިންޓަސެޕްޓަރުތައް ބޭނުން ކުރާ ނަމަ އެމެރިކާގެ ސްޓޮކަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ ސްޓޮކުގައި ހިމެނެނީ ހަމައެކަނި ޔަހޫދީން ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ އާލާތެއް ނޫނެވެ. ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި އެމެރިކާއިން ބޭނުން ކުރަނީ ވެސް ހަމަ މި ސްޓޮކުން ފޯރުކޮށްދޭ އިންޓަސެޕްޓަރެވެ. އެހެންކަމުން، އިންޓަސެޕްޓަރު މަދުވާ ނަމަ ޔަހޫދީންނާއި އެމެރިކާއާ ދެބައި މީހުންގެ ދިފާޢީ ޤާބިލު ކަމަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢޫއަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ މުހިންމު އަސްކަރީ އަދި ސިނާޢީ މަރުކަޒުތަކަށް އީރާނުން ދަނީ ގެެއްލުން ދެމުންނެވެ. އެއާއެކު ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމުތައް ބޭނުން ކުރަންޖެހޭ މިންވަރު ވެސް އިތުރުވެ، ބޭނުން ކުރުމަށް އިންޓަސެޕްޓަރު ލިބެން ހުރި ޢަދަދު ދަނީ މަދުވަމުންނެވެ.
ޔަހޫދީން ބޭނުން ކުރާ އެރޯ ދިފާޢީ ނިޒާމަކީ އެމެރިކާއާއި ޔަހޫދީން ގުޅިގެން ތަރައްޤީ ކޮށްފައިވާ ނިޒާމެކެވެ. އެ ނިޒާމަކީ ބެލިސްޓިކް މިސައިލް ހުއްޓުަވައިދޭ ވަރަށް އަގުބޮޑު ނިޒާމަކަށް ވުމުން، ޙަމަލާތަކުގެ ސަބަބުން މިހާރު ހުރި އެރޯ ނިޒާމުތައް ބޭނުން ކުރަން ޖެހިިއްޖެ ނަމަ އިތުރު ނިޒާމުތައް ހޯދުން ވެގެން ދާނީ ޖީބަށް ބަރު ކަމަކަށެވެ. ސޫރިޔާގައި ހުންނަ އީރާނުގެ ޚާރިޖީ މިޝަންއަށް ޔަހޫދީން ޙަމަލާ ދިނުމާ ގުޅިގެން 2024ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފެށި ޓްރޫ ޕްރޮމިސް 1 އޮޕަރޭޝަންގެ ސަބަބުން ވެސް ޔަހޫދީންނަށް ވަނީ އިންޓަސެޕްޓަރުގެ އައު ސްޓޮކު ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް މަޤާމެއްގައި ކުރިން މަސައްކަތް ކުރެއްވި ޑޭން ކާލްޑްވެލް ވިދާޅުވީ މިސައިލް ޙަމަލާތައް ހުއްޓުވުމަށް ޔަހޫދީން ބޭނުން ކުރާ އިންޓަސެޕްޓަރުތަކަކީ އަގުބޮޑު އަދި ބޮޑެތި ޢަދަދުތަކުން އުފައްދަން އުނދަގޫ އާލާތެއް ކަމަށެވެ. އީރާނުގެ ޙަމަލާތައް ދިގުލައިގެންދާ ނަމަ ޔަހޫދީންނާއި އެމެރިކާއަށް އެ ޤައުމުތަކުގައި ހުރި އިންޓަސެޕްޓަރުގެ ސްޓޮކު ވިސްނައިގެން ބޭނުން ކުރުމަށް މަޖުބޫރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަމަނުން މީގެ ކުރިން ދީފައިވާ ޙަމަލާތައް ހުއްޓުވުމަށް ވެސް ބޮޑު ޚަރަދެއް ކުރަން ޖެހުނު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކުގައެވެ. އަދި، ޔަހޫދީންނާ ބައިވެރިވެ، އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. އެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅާ މަތިންދާބޯޓުތައް ނުވަތަ ޓޭންކަރުތައް ވިލާތުގެ ޤައުމުތަކަށް ފޮނުވާފައެވެ. އަދި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މި ވަގުތު ދަނީ މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ. މިއީ، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވާން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެކެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ނުފޫޒުގަދަ ޔަހޫދީން ދަނީ ޓްރަމްޕަށް ފިއްތުންތައް ކުުރިމަތި ކުރުވަމުންނެވެ. ޓްރަމްޕްގެ މުޝީރުން އީރާނަށް ޙަމަލާ ދިނުމާ ދެކޮޅަށް ޓްރަމްޕަށް ނަސޭހަތްތެރިވަމުންދާއިރު ޔަހޫދީ ދައުލަތާއި އެ ދައުލަތާ ގުޅުންހުރި ބާރުތަކުން ދަނީ އެމެރިކާއިން އީރާނަށް ސީދާ ޙަމަލާ ދިނުމަށް ހިތްވަރު ދެމުންނެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާ ކަމަށް އެމެރިކާގެ ޤައުމީ ޖާސޫސީ އިދާރާގެ ވެެރިޔާ ތުލްސީ ގައްބާޑް ވިދާޅުވެފައިވާ އިރު ޓްރަމްޕް ވަނީ އޭނާގެ ވާހަކަތަކަށް ސަމާލުކަން ނުދެއްވައި، އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް އަނެއްކާ ވެސް ވިދާޅުވެފައެވެ. މި ޙާލަތުގައި އީރާނުން އަމާން ދޭން ޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
