
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ އައިއޭއީއޭގެ ވެރިޔާ، ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ. ގްރޮސީގެ ވާހަކަތަކަކީ އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީންނާއި އެމެރިކާއިން ދައްކަމުންދާ ބަހަނާތަކާ ފުށުއަރާ ވާހަކައެކެވެ.
ސީއެންއެންގެ ނޫސްވެރިޔަކާ ވާހަކަ ދައްކަވަމުން ގްރޮސީ ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރަނުން ކަނޑައެޅިގެން މަސައްކަތް ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އައިއޭއީއޭއިން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައި ވާނެ ކަމަށެވެ. އީރަނުން ވެސް ދަނީ އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށް ތަކުރާރު ކޮށް ބުނަމުންނެވެ. ގްރޮސީ ވިދާޅުވީ އައިއޭއީއޭގެ ހޯދުންތަކަށް އެހެން މިނިވަން މުޢައްސަސާތަކުގެގެ ހޯދުންތަކުން ބާރުދޭ ކަމަށެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ނުބެލެވޭ ކަމަށް ގްރޮސީ ވިދާޅުވެފައި ވަނީ އައިއޭއީއޭއިން އީރާނުގެ ނިއުލްކިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެންމެ ފަހުން ނެރެފައިވާ ރިޕޯޓާމެދު ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އީރާނުން ވަނީ އެ ރިޕޯޓަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ރިޕޯޓެއް ކަމަށް ބުނެ އެ ރިޕޯޓު ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑުން ވެސް ވަނީ އީރާނުން ސޮއި ކޮށްފައިވާ ނިއުކްލިޔަރ މުއާހަދާއާ ޚިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ހަޤީޤަތާ ޚިލާފަށް ބުނެ އީރާނާ ދެކޮޅަށް ޤަރާރެއް ފާސް ކޮށްފައެވެ. އީރާނުން ބުނަމުންދަނީ ނިއުލްލިޔަރ ނަން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ)ގެ ދަށުން އަދި އައިއޭއީއޭގެ ސޭފްގާޑްސް އެއްބަސްވުމުގައި ލާޒިމު ކުރާ ކަންކަން އެ ޤައުމުން ފުރިހަމަ ކުރަމުންދާ ކަމަށެވެ. ދުނިޔޭގެ ބާރުތަކާއެކު 2015ވަނަ އަހަރު އެ ޤައުމުން ސޮއި ކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުން ނުވަތަ ޖޭސީޕީއޯއޭގެ މާއްދާތަކަށް މިހާރު އެ ޤައުމުން ޢަމަލު ކުރަން ނުޖެހޭނެ ކަމަށް ވެސް އީރާނުން ބުނެއެވެ. އެއީ އެ އެއްބަސްވުމުގައި ހިމެނޭ އެހެން ޤައުމުތަކުން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރާތީ ކަމަށް އެ ޤައުމުން ފާހަގަ ކުރެއެވެ.
އީރާނަކީ އެންޕީޓީގެ ބައިވެރިއެއް ނަމަވެސް ޔަހޫދީން ވަނީ އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ. ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ކަމަށް ގްރޮސީ އެއްބަސްވެވަޑައިގެންފައި ވަނީ ޔަހޫދީން އީރާނަށް ޙަމަލާދެމުންދާއިރު އީރާނުގެ ނިއުކްލިޔަރ މަރުަކަޒުތަކަށް އެމެރިކާއިން ޙަމަލާ ދޭނެ ކަމުގެ އިންޒާރު އެ ޤައުމުން ދެމުން ދަނިކޮށެވެ. ޖޫން މަހުގެ 17ވަނަ ދުވަހު ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
