
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ފޯނު ކޯލެއް މެދުވެރިކޮށް ދެކެވުނު ވާހަކަތަކުގައި އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތައް ކުރިއަށް ގެންދިޔުމަށް ދަންނަވާ ހިތްވަރު ދެއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްެޖެއެވެ. ވައިޓް ހައުސްގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. ނަތަންޔާހޫގެ އަމަލުތައް މުޅި ދުނިޔެެއިން ކުށްވެރި ކުރަމުންދާއިރު ޓްރަމްޕް ވަނީ ނަތަންޔާހޫގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެފައެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށައި ޔަހޫދީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ޙަމަލާ ބަދަލު ކުރަމުންދާތާ ހަ ދުވަސް ފާއިތުވެފައިވާ އިރު ޙަމަލާތައް ހުއްޓާލުމުގެ އިޝާރާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކުގައެވެ. އަދި، ޔަހޫދީންނާ ބައިވެރިވެ، އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފަނީ ފާހަގަ ކުރަމުންނެވެ. އެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅާ މަތިންދާބޯޓުތައް ނުވަތަ ޓޭންކަރުތައް ވިލާތުގެ ޤައުމުތަކަށް ފޮނުވާފައެވެ. އަދި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މި ވަގުތު ދަނީ މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ. މިއީ، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވާން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެކެވެ.
އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު، ޕީޓް ހެގްސެތު ވެސް ވަނީ ހަނގުރާމަ ކުރުމާއި ޞުލްޙަވުމާ ގުޅޭގޮތުން ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމަކަށް އިޖާބަދީ ތަންފީޒު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެ ގޮތުން އީރާނުގެ ދިފާޢީ ވުޒާރައަށާއި ތެހްރާންގެ ފުލުހުންގެ އިދާރާއަށާއި އީރާނުގެ ރެޑް ކްރެސެންޓު އިދާރާއަށް ޔަހޫދީންގެ ޙަމަލާތައް ވަނީ އަމާޒު ކޮށްފައެވެ. އޭގެ އިތުރުން ކަރަޖުގެ ޕަޔަމް ވައިގެ ބަނދަރަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އަދި ޒަންޖަނަށް ވެސް ޙަމަލާ ދީފައިވެއެވެ. ޔަހޫދީން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުގެ 40 އަމާޒަކަށް ޙަމަލާ ދީފައިވާ ކަމަށް ބުުނެފައެވެ. އީރާނުން ވެސް ވަނީ ޔަހޫދީންނަށް އަމާޒު ކޮށް ގިނަ ޢަދަދެއްގެ ޑްރޯން ޙަމަލާތަކެއް ދީފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
