
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ޙަމަލާ ދިން ނަމަވެސް އީރާނުން އަމާން ނުދޭނެ ކަމަށް އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ވިދާޅުވެއްޖެއެވެ. ޓީވީ މެދުވެރި ކޮށް ދެއްވި ޚިޠާބެއްގައި ޚާމަނާއީ ވިދާޅުވީ އީރާނާ ދެކޮޅަށް ކުރިމަތި ކުރުވާ އެއްވެސް ފިއްތުމެއް ނުވަތަ އިންޒާރެއް ނުވަތަ ޙަމަލާއެއްގެ ކުރިމަތީގައި އެ ޤައުމުން ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. އޭނާ ވަނީ ޔަހޫދީން އީރާނަށް ޙަމަލާ ދެމުންދާ މި ދަނޑިވަޅުގައި އީރާނުގެ ރައްޔިތުން ދައްކަމުންދާ ހިތްވަރު ފާހަގަ ކޮށް، ޙާލަތާ އެއްގޮތަށް ޢަމަލުތައް ތަރުތީބު ކުރާ ކުރުމަށް ތައުރީފު ކުރައްވައިފައެވެ. ރައްޔިތުން ދައްކަމުންދާ ހިތްވަރުން ފެނިގެންދަނީ ޤައުމުގެ ރައްޔިތުން ތަރައްޤީވެފައިވާ މިންވަރާއި، އީމާންތެރިކަމާއި ތޫނުފިލިކަން ކަމަަށް އޭނާ ވިދާޅުވިއެވެ.
“މި ޤައުމުގެ މައްޗަށް ގަދަބާރުން ހަނގުރާމަ ކުރުމަށް މަޖުބޫރު ކުރުވި ނަމަވެސް އަދި ޞުލްޙަ ޤާއިމު ކުރުމަށް މަޖުބޫރު ކުރުވި ނަމަވެސް މި ޤައުމުން އެއާ ދެކޮޅު ހަދާނަން. ގަދަބާރުން ކުރުވަން އުޅޭ އެއްވެސް ކަމަކަށް މި ޤައުމުން އިޖާބައެއް ނުދޭނެ،” އޭނާ ވިދާޅުވިއެވެ. ހަނގުރާމައަށް ހިތްވަރުދޭ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަަވަމުންދާ ވާަހަކަތަކާ ގުޅޭގޮތުން ޚާމަނާއީ ވަނީ އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބައިވެރި ނުވުމަށް އިންޒާރު ދެއްވާފައެވެ. ހިލްމު ހުރި ބަޔަކު، އަދި އީރާނާއި އީރާނުގެ ރައްޔިތުންނާއި އެ ޤައުމުގެ ދިގު ތާރީޚު އެނގޭ ބަޔަކު އިންޒާރު ދިނުމުގެ މޭރުމުން އީރާނާ މުޚާތަބު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނުން އަމާން ނުދޭނެ ކަމަށް އޭނާ އަނެއްކާ ވެސް ތަަކުރާރު ކުރެއްވިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވެއްޖެ ނަަމަ ނިކުންނަ ހިތި ނަތީޖާ ބަދަލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚާމަނާއީގެ އެންމެ ފަހުގެ މެސެޖު ދެއްވާފައި ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަން ފަށާފައިވާ ޙަމަލާތައް ހަވަނަ ދުވަހަކަށް ދެމިގެން ގޮސްފައިވަނިކޮށެވެ. ޔަހޫދީން ދިން ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ ކޮމާންޑަރުންނާއި ނިއުލްކިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. މިހާތަނަށް އެގާރަ ފަހަރެއްގެ މަތިން މި އޮޕަރޭޝަންގެ ދަށުން މިސައިލް ޙަމަލާތައް ދީފައިވާއިރު ބިންގަރާސްތަކުގައި ފިލާ ތިބޭ ޔަހޫދީ ވަޒަންވެރިންނަށް ވަނީ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައެެވެ.
ޖޫން މަހުގެ 17ވަނަ ދުވަހު ވެސް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ބާރު ދައްކާނެ ކަމުގެ އިންޒާރު ދެއްވައި، އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުން ނިއުލްލިޔަރ ހަތިޔާރެއް ތައްޔާރު ކުރުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި މަސައްކަތް ކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމަށް އީރާނުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
