
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން ތެލުގެ ބާޒާރަށް އަރަމުންދާ ލޮޅުންތަކުގައި ތެލުގެ އަގުތައް %4 އިން އުފުލުމަށް ފަހު މި ވަގުތު މަޑުޖެހިފައިވާ ކަމުގައި އިޤުތިޞާދީ އަދި ވިޔަފާރީގެ ދާއިރާގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ ވިސްނަވަމުންނެވެ. ޔަހޫދީންނާ ބައިވެރިވުމަށް ޓްރަމްޕް ނިންމަވައިފި ނަމަ، މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، ތެލުގެ ސަޕްލައިއަށް ބޮޑު ލޮޅުމެއް އަންނާނެ ކަމުގައި ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މައި މިންގަނޑަކީ ބްރެންޓް ކްރޫޑާއި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ ސާފު ނުކުރާ ތެޔޮ ފީފާގެ އަގުތަކެވެ. ޖޫން 18ވަނަ ދުވަހު ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު ވަނީ %0.2 މައްްޗަށް އަރައި، 76.61 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި، ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ ފީފާއެއްގެ އަގު ވެސް ވަނީ 75.01 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އެއީ ވެސް %0.2ގެ އުފުލުމެކެވެ. ނަމަވެސް، މިއީ އޭގެ ކުރީ ދުވަހުގެ ވިޔަފާރީގެ ސެޝަނާ އަޅައިބަލާއިރު %1ގެ ދަށްވުމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
“ތެލުގެ ބާޒާރަށް މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރްމުޛް ކަނޑުގެ ދަތުރުތަކަށް ހުރަސް އެޅުން،” ތެލުގެ ބާޒާރު ދިރާސާ ކުރާ ނެދަރލެންޑްސްގެ އައިއެންޖީ ބޭންކުން ބުންޏެވެ. “ދުވާލެއްގެ މައްޗަށް ދުނިޔޭގައި ބޭނުން ކުރާ ތެލުގެ ތިންބައިކުޅަ އެއްބައި އުފުލަނީ އެ [ހުރްމުޛް ކަނޑުން] މަގުން. އެ މަގުގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިއްޖެ ނަމަ ތެލުގެ [ތެޔޮ ފީފާއެއްގެ] އަގު ކުއްލިއަކަށް 120 އެމެރިކާ ޑޮލަރަށް އުފުލިގެން ދާނެ.”
ތެޔޮ އުފައްދާ ޤައުމުތައް (އޯޕެކް+)ގެ ޤައުމުތަކުގެ ތެރެއިން އީރާނަކީ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. ދުނިޔޭގެ ބާޒާރަށް ކޮންމެ ދުވަހަކު އީރާނުން 3.3 މިލިޔަން ފީފާގެ ސާފު ނުކުރާ ތެޔޮ ފޯރުކޮށްދެއެވެ. އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވާން ނިންމައިފި ނަމަ، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ނުރައްކާތެރި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އީރާނުން އޮތީ ދީފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ހުރްމުޛް ކަނޑުން ކުރާ ދަތުރުތަކަށް ހުރަސް އެޅުން ހިމެނެއެވެ. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތައް (އދ)ގެ އޮފީސްތަކަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަލީ ބަހްރަޔިނީ ވިދާޅުވީ، އީރާނުން ޔަހޫދީންނާ ބައިވެރިވެެއްޖެ ނަމަ ނުރައްކާތެރި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވޮޝިންގޓަނަށް ދީފައިވާނެ ކަމުގައެވެ. އީރާނުން އިންޒާރު ދީފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ، ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، އަންދާޒާ ނުކުރެވޭ މިންވަރަކަށް އަގުތައް އުފުލިގެން ދިޔުމުގެ ބިރު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
