
އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި، އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލުމުގެ ޤާބިލުކަން ޔަހޫދީ ފައުޖުގެ ކިބައިގައި ނެތް ކަމުގައި އަސްކަރީ އަދި ދިފާޢީ ދާއިރާގެ މާހިރުން ބުނެފިއެވެ. މާހިރުން މި މޭރުމުން ބުނެފައި މި ވަނީ، އީރާންގެ ވައިގެ ސަރަޙައްދު ޔަހޫދީ ފައުޖުގެ އަތްދަށަށް ގެންގޮސްފައިވާ ކަމުގައި ހުޅަނގުގެ ބައެއް މީޑިޔާތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އީރާންގެ އެއްވެސް ރަސްމީ އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. ނަމަވެސް، އަސްކަރީ އަދި ދިފާޢީ ދާއިރާގެ މާހިރުން ބުނީ، ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން އީރާނުން ބިމު އަޑީގައި ޤާއިމު ކޮށްފައިވާ މަރުކަޒުތައް ނައްތައިލުމުގެ ޤާބިލުކަން ޔަހޫދީ ފައުޖަށް ލިބިގެން ނުވާ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރާ ސައިންޓިސްޓުންނަށެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 240އަށް އުފުލިފައެވެ. އޭގެ ތެރޭގައި 70އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވާއި މައި ރަށްތަކަށް ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލާފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
ޔަހޫދީ ފައުޖުގެ އިސް އޮފިސަރުންނާ ޙަވާލާދީ ހުޅަނގުގެ މީޑިޔާތަކުން ބުނީ، އީރާންގެ ވައިގެ ސަރަޙައްދުގެ ފުރިހަމަ ކޮންޓުރޯލު ޔަހޫދީ ފައުޖުން ނަގާފައިވާ ކަމުގައެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އެހެން ބުނެފައެވެ. މިއީ، އީރާނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ނަމަވެސް، އަސްކަރީ އަދި ދިފާޢީ ދާއިރާގެ މާހިރުން ބުނީ، އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި، އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލުމުގެ ޤާބިލުކަން ޔަހޫދީ ފައުޖުގެ ކިބައިގައި ނެތް ކަމުގައެވެ. އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖު ލަންޑަނުގެ ސްކޫލް އޮފް ސެކިޔުރިޓީ ސްޓަޑީޒްގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ އަންދްރިޔާސް ކްރީގް ވިދާޅުވީ، އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ތެރެއިން ޔަހޫދީ ފައުޖުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަން ޤަބޫލު ކުރަން ޖެހޭ ކަމުގައެވެ. ނަމަވެސް، އީރާންގެ ވައިގެ ސަރަޙައްދު ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަކީ، އީރާންގެ މައްޗަށް ކުރިހޯދުން ކަމުގައި ބެލެވެން ނެތް ކަމުގައި ވެސް އޭނާ ބުންޏެވެ.
ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކުގައެވެ. އަދި، ޔަހޫދީންނާ ބައިވެރިވެ، އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅާ މަތިންދާބޯޓުތައް ނުވަތަ ޓޭންކަރުތައް ވިލާތުގެ ޤައުމުތަކަށް ފޮނުވާފައެވެ. އަދި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މި ވަގުތު ދަނީ މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ. މިއީ، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވާން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެކެވެ.
ކްރީގް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ބިންގަރާސް ފަދަ ތަންތަނަށް ޙަމަލާ ދިނުމަށް ބޭނުން ކުރާ ބަންކަރ-ބަސްޓިންގ ހަތިޔާރު ބޭނުން ކޮށްގެން ވެސް، އީރާންގެ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބިމު އަޑީގައި ބިނާ ކޮށްފައިވާ މަރުކަޒުތައް ނައްތައިލެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، އެ ކަން ކާމިޔާބު ކުރެވޭނީ އެއްގަމު މަގުން އީރާނަށް ސިފައިން ފޮނުވައިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. “އެއްވެސް ޖެހިލުމެއް ނެތި، އެއްވެސް ބަޔަކަށް ޖަވާބުދާރީވުމެއް ނެތި، އިސްރާއީލުން ބޭނުންހާ ގޮތަކަށް އަމަލު ކުރާނެ، ލުބްނާންގައި އަމަލު ކޮށްފައިވާ ގޮތަށް،” އޭނާ ވިދާޅުވިއެވެ.
އީރާންގެ އަސްކަރިއްޔާއިން ބުނީ، އެ ޤައުމުގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާދީ، ވައްޓައިލަމުންދާ ކަމުގައެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އަދި، އީރާނަށް ޙަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ ހުރިހާ އަސްކަރީ މަތިންދާބޯޓެއް، 3,000 ކިލޯމީޓަރުގެ ދަތުރުތަކަށް ފަހު އެނބުރި އިސްރާއީލަށް ގޮސްފައިވާ ކަމުގައެވެ. ހުޅަނގުގެ ދިފާޢީ ދާއިރާގެ މަޞްދަރަކުން ބުނީ، ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ސޫރިޔާގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދަ، އެ ޤައުމުގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން ޔަހޫދީންނަށް ދީފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
