
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ނުދާ ކަން އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ތުލްސީ ގެބަރޑް ހާމަކުރައްވާފައި ވަނިކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކަން ދޮގު ކުރައްވައިފިއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް ފެންނަ ނެތް ކަމުގައި ވިދާޅުވެ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސަށް ގެބަރޑް މަޢުލޫމާތު ދެއްވާފައި ވަނީ މާރިޗު މަހުގެ ތެރޭގައެވެ. ނަމަވެސް، ޓްރަމްޕް މި ވަނީ ގެބަރޑްގެ ވާހަކަފުޅު ދޮގު ކުރައްވައި، އޭނާ ހާމަކުރައްވާފައިވާ މަޢުލޫމާތާ ފުށުއަރާ ވާހަކަފުޅެއް ދައްކަވާފައެވެ.
އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ގެބަރޑް ހާމަކުރައްވާފައިވާ މަޢުލޫމާތާ ފުށުއަރާ މޭރުމަކުން ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި ވަނީ އިޤުތިޞާދީ ގޮތުން އެންމެ ކުރި އަރާފައިވާ ހަތް ޤައުމު، ގްރޫޕް އޮފް ސެވަން (ޖީ7)ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކެނެޑާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ވޮޝިންގޓަނަށް ވަޑައިގެންނެވި މަގުމަތީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޓްރަމްޕް ވިދާޅުވީ، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގައެވެ.
“އެ ކަން [އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުން] ވަރަށް ކައިރިވެއްޖެ،” ޓްރަމްޕް ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ވެސް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ހިންގަމުންދާ ޕުރޮގުރާމު ހުއްޓުވުމުގެ ނަމުގައެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނީ ޓްރަމްޕްގެ ރުހުމާ އެކުގައި ކަމަށް ބެލެވެއެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރަމުން ނުދާ ކަމުގައި ގެބަރޑް ކޮންގްރެސްގައި މާރިޗު މަހު ވިދާޅުވެފައިވާ ކަން ނޫސްވެރިއަކު ފާހަގަ ކުރުމުން ޓްރަމްޕް ވިދާޅުވީ “އޭނާ އެ ވިދާޅުވާ އެއްޗަކަށް އަޅުގަނޑުގެ ފަރުވާލެއް ނެތް. އަޅުގަނޑު ޤަބޫލު ކުރަނީ އެ މީހުން [އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގައި] ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް،” ޓްރަމްޕް ވިދާޅުވިއެވެ.
ކޮންގްރެސްގައި ގަބަރޑް ހާމަ ކުރައްވާފައިވާ މަޢުލޫމާތު ޓްރަމްޕް ދޮގު ކުރެއްވުމުން ގެބަރޑްގެ އޮފީހުން ބުނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން ޓްރަމްޕާއި ގަބަރޑާ ދެމެދު ޚިޔާލުތަފާތުވުމެއް ނެތް ކަމުގައެވެ. އަދި، ދެ ބޭފުޅުން ވެސް ޤަބޫލު ކުރަނީ އެއް ގޮތަކަށް ކަމުގައެވެ. މާރިޗު ކޮންގްރެސާ މަޢުލޫމާތު ހިއްސާ ކުރައްވަމުން ގެބަރޑް ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޕުރޮގުރާމު އަލުން ފެށުމަށް އެ ޤައުމުގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ އަމުރު ކުރައްވާފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ޤަބޫލު ނުކުރާ ކަމުގައެވެ. އަދި، އެމެރިކާއާއި އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ން އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ފުރިހަމަ ދިރާސާއެއް 2003ވަނަ އަހަރު ހަދާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ތުހުމަތު ކުރައްވަމުން ގެންދަވަނީ ޓްރަމްޕެވެ. އަދި، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން ކޮންގްރެސަށް ގެބަރޑް ހާމަކުުރައްވާފައިވާ މަޢުލޫމާތު ޓްރަމްޕް ދޮގު ކުރައްވާފައިވާއިރު، ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ބުނީ، އެ އިދާރާއިން އެއްކޮށްފައިވާ މަޢުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ. އަދި، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ އައު މަޢުލޫމާތެއް ލިބިފައި ނެތް ކަމުގައެވެ. މީގެ އިތުރުން، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ މެދު އެ އިދާރާއިން ދެކޭ ގޮތް ބަދަލުވެފައި ނުވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ މަސައްކަތަށް އިތުރު ތިން އަހަރު ދުވަސް ހޭދަވާނެ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
