
(ފޮޓޯ ކްރެޑިޓްސް: ޓެމްޕޯ އިންގްލިޝް)
ވަގު އެކައުންޓެއް ބޭނުންކޮށްގެން ޔަހޫދީންނަށާއި ޔަހޫދީންގެ އިސްވެރިންނަށާއި މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް މީސްމީޑިޔާގައި ވަރަށް ބޮޑަށް ފާޑުކިޔުމުން އެމެރިކާގެ އިސް އޮފިސަރެއް މަޤާމުން ވަކިކޮށްފިއެވެ. އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފުގެ ޕްލޭނިން ޑައިރެކްޓޮރޭޓަކުން ހިންގާ މިޞްރާއި ލެވާންޓު ގޮފީގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ކާނަލް ނޭތަން މެކްކޯމެކް ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެ ގޮތުން ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަނީ އިތުރު ބިންތަކެއް އިސްތިޢުމާރު ކުރަން ކަމަށާއި ޔަހޫދީންނަކީ އެތައް ޒަމާނެއް ވަންދެން ނަސްލުހޭދަކުރުމުގެ ޖަރީމާތައް ހިންގަމުންދާ ބައެއް ކަމަށް ކާނަލް މެކްކޯމެކްގެ ޕޯސްޓުތަކުގައި ވަނީ ބުނެފައެވެ. އަދި ހުޅަނގުގެ ބާރުތަކުން ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކޮށް ވާހަކަނުދައްކަނީ މީގެ ކުރިން ޔަހޫދީންނާ މެދު ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ލަދުގަންނާތީ ކަމަށް ވެސް ކާނަލް މެކްކޯމެކް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ޔަހޫދީންނަކީ ޤާތިލުންތަކެއް ކަމަށް ސިފަކޮށްފައެވެ.
އެމެރިކާ ސިފައިންގެ މަތީ މަޤާމެއްގައި ހުރެ ކާނަލް މެކްކޯމެކް ވަނީ މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑިކިޔައިފައެވެ. އޭނާ ބުނީ ޔަހޫދީންނާ އޮންނަ ގާތް ގުޅުމުގެ އެއްވެސް ފައިދާއެއް އެމެރިކާއަށް ނުކުރާ ކަމަށާއި އެމެރިކާއަށް ލިބުނީ މެދުއިރުމަތީގެ ޤައުމުތަކުގެ ނަފުރަތު ކަމަށެވެ. އަދި އެމެރިކާގެ ޢަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ އިތުރުން އެފްރިކާއާއި އޭޝިޔާގެ ޤައުމުތަކުގައި ދިރިއުޅޭ އެތައް މިލިޔަން މީހުންގެ ނަފުރަތު ވެސް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މިޞްރާއި ލެވާންޓު ގޮފީގެ އެންމެ އިސްވެރިޔާގެ މަޤާމަށް ކާނަލް މެކްކޯމެކް ޢައްޔަންކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ވަގު އެކައުންޓެއް ބޭނުންކޮށްގެން ކާނަލް މެކްކޯމެކް ދައްކަމުންދިޔަ ވާހަކަތައް އެންމެ ފުރަތަމަ ފަޅާއަރުވާލާފައި ވަނީ ޖުވިޝް ނިއުސް ސިންޑިކޭޓް ނަމަކަށް ކިޔާ ޔަހޫދީންގެ ނޫހަކުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
