
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެއްވެސް ޝަރުޠަކާ ނުލައި އަމާން ދިނުން ނޫން އިތުރު ގޮތެއް އީރާނަށް ނެތް ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ އެކު، ޔަހޫދީ ފައުޖުން އީރާންގެ އަމާޒުތަކަށް އަނެއްކާ ވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. މި ވަގުތު އެންމެ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ވެރިރަށް ޠަހްރާނާއި، އެ ސަރަޙައްދުގައި އޮތް އެހެން ރަށްތަކަށެވެ. އީރާންގެ މީޑިޔާތަކުން ބުނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް ޠަހްރާންގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުން އެ ރަށް ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ޠަހްރާން ދޫކޮށް ދަތުރު ކުރަމުންދާ މީހުންގެ އަދަދު އިތުރުވުމާ އެކު، އެ ރަށުން ބޭރަށް ދަތުރު ކުރެވެން އޮތް މަގުތަކުގައި ތޮއްޖެހިފައިވާ ކަމުގައި ވެސް އީރާނުން މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.
ޠަހްރާންގެ ދެކުނުން އޮތް ރެޔިގައި ހަތިޔާރު އެޅި ގުރޫޕަކާއި އީރާންގެ ސަލާމަތީ ބާރުތަކާ ދެމެދު ޙަމަލާ ބަދަލު ކޮށްފައިވާ ކަމުގައި ވެސް އީރާނުގެ ނޫހެއް ކަމުގައިވާ މަހްރު ނޫހުން ރިޕޯޓު ކުރިއެވެ. އެ ނޫހުން ބުނީ، ހަތިޔާރު އެޅި ގުރޫޕަކީ އީރާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ރާވަމުން ދިޔަ ބަޔެއް ކަމަށް ބެލެވޭ ކަމުގައެވެ. ޔަހޫދީން ބުނީ، އީރާންގެ ބެލިސްޓިކް މިސައިލް އުފައްދާ މަރުކަޒުތަކަށް ޙަމަލާ އަމާޒު ކުރަމުންދާ ކަމުގައެވެ. އަދި، 50 އަސްކަރީ މަތިންދާބޯޓު ބޭނުުން ކޮށްގެން ދީފައިވާ ޙަމަލާތަކުގައި އެ ފަދަ 20 މަރުކަޒަކަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ މަރުކަޒުތަކާއި، ޠަހްރާންގެ ރަށްބޭރުގައި އޮތް ޚޫޖީރް ބެލިސްޓިކް މިސައިލް އުފައްދާ މަރުކަޒު ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ.
އެމެރިކާގެ ޖަސޫސީ އިދާރާއިން ބުނީ، މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް އުފައްދައި، ރައްކާކޮށްފައިވާ ޤައުމަކީ އީރާން ކަމުގައެވެ. އީރާނުން ބުނީ، ބެލިސްޓިކް މިސައިލް އުފެއްދުމަކީ، އީރާނަށް ޔަހޫދީންނާއި އެމެރިކާއިން ދީފާނެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުންވާ ހަތިޔާރެއް ކަމުގައެވެ. އަދި، އީރާނަށް ޙަމަލާ ދެމުންދާ ނަމަ، މެދުއިރުމަތީގެ ޤައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން އޮތީ ދީފައެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޓްރަމްޕްގެ ރުހުމާ އެކުގައި ކަމަށް ބެލެވެއެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅުވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމުގައެވެ. އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއަށް ވެސް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
“އެ މީހުން ރޫހީ ވެރިޔާއޭ އެ ކިޔާ މީހާ ފިލައި އޮތް ތަން އަޅުގަނޑުމެންނަށް އިނގޭ. މި ވަގުތު އޭނާގެ ދުވަސް ދުވަސް ދުއްވައިލުމުގެ [ޝަހީދު ކޮށްލުމުގެ] ނިޔަތެއް ނެތް. ނަމަވެސް، އަޅުގަނޑުމެންގެ ކެތްތެރިކަން ދަނީ ކޮޅުންލަމުން،” ސޯޝަލް މީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އެހެން ވިދާޅުވުމުގެ ތިން މިނެޓު ފަހުން އޭނާ ވަނީ “ޝަރުޠަކާ ނުލައި އަމާން ދިނުން” ނޫން އިތުރު ގޮތެއް އީރާނަށް ނޯންނާނެ ކަމުގައި ވިދާޅުވެ، އިތުރު އިންޒާރެއް ދެއްވާފައެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ މެދު އެމެރިކާއިން އަމަލު ކުރާނެ ވަކި ގޮތެއް ޓްރަމްޕް ނިންމަވާފައި ނުވާ ކަމުގައެވެ. ނަމަވެސް، ޔަހޫދީންނާ ގުޅިގެން އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވުމަށް ޓްރަމްޕް ނިންމެވުމުގެ ފުރުޞަތު ބޮޑު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެ ފަދަ ނިންމެވުމަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ވިލާތުގެ ޤައުމުތަކަށް ތެޔޮ އަޅާ މަތިންދާބޯޓުތައް ފޮނުވަން ފަށާފައެވެ. އަދި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް ވަނީ މެދުއިރުމައްޗަށް ދަތުރު ފަށާފައެވެ.
ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ޒަޔަނިސްޓު އިސްރާއީލުގެ ބޮޑެތި ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. އީރާންގެ ބެލިސްޓިކް މިސައިލް ޙަމަލާތައް އަމާޒު ކުރަމުން ދަނީ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް، ޚައިފާއަށެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ 240އެއްހާ މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި 70އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޔަހޫދީންގެ 24 މީހުން މަރައިލައި، ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
