
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ނާޖާއިޒް ފާއިދާއެއް ނެގުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ސީޕީ ނަވީން މިހެން ވިދާޅުވީ، ސީޕީ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ދިވެހި ރާއްޖޭގައި ޖަމާޢަތް ހަދައިގެން ކުރާ ކުށްތަކާއި އެނޫންވެސް ކުށްތައް ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ފާސްކޮށް ޢަމަލުކުރަން ވަނީ ފަށާފައެވެ. މި ޤާނޫނަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު ޤާނޫނު ތަންފީޒުކުރަން އިދާރާތަކުން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރައްވާތާ 3 މަސް ފަހުންނެވެ. އަލަށް ގެނެވުނު މި ޤާނުނުގައި ގޭންގުތައް ހުއްޓުވުމަށް މީގެކުރިން ފުލުހުންނަށް ދިމާވާ އެކި ގޮންޖެހުންތައް ހައްލުކޮށް ގިނަ ބާރުތަކެއް ފުލުހުންނަށް ވަނީ ދީފާއެވެ.
ޤާނޫނުގައި ދީފައިވާ ބާރުތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މި ޤާނޫނުގެ ދަށުން ލިބިދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ފުލުހުން ހިފާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވީ ޤާނޫނު ތަންފީޒުވާން ފެށުމުން ފެނިގެންދާނީ ފުލުހުންގެ ނަޒާހާތްތެރިކަން ކަމަށެވެ. “ރައްޔިތުން ފާހަގަކުރާ ވަރުގެ ކަންބޮޑުވުންތަކުގައި، އަޅުގަނޑުމެން ތަންފީޒު ކުރަން ފެށީމަ ފެންނާނެ އަޅުގަނޑުމެންގެ ނަޒާޙާތްތެރިކަމާއި. ގެންގުޅޭ ތްރެޝްހޯލްޑުތައް ހުރިގޮތް. އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑު މި މަޤާމުގައި ހުރެގެން، އޭގެ އެއްވެސް ކަހަލަ ނާޖާއިޒް ފައިދާއެއް ނެގިޔަކަ ނުދޭނަން މޯލްޑިވްސް ޕޮލިސް ސާވިސްއަކުން، ” ނަވީން ވިދާޅުވިއެވެ.

މި ޤާނޫނު ތަންފީޒުކުރުމަށް މިހާރު ފުލުހުން ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތްތައް އެކުލަވާލަމުންދާ ކަމަށް ނަވީން ވިދާޅުވިއެވެ. ސީޕީ ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ގޭންގުތަކުގެ ޤާނޫނު ތަންފީޒު ކުރުމުގެ ޤާބިލީއްޔަތުކަން އިތުރުކުރުމާއި އޭގެ ވަށައިގެން ހުރި ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ. ސީޕީ ނަވީން ވަނީ މި ޤާނޫނު ފުރިހަމައަށް ތަންފީޒުވާން ފުލުހުން ކުރަން ޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އެކި ގޮތްގޮތުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ސީޕީ ފާހަގަކުރެއްވިއެވެ.
“އިންޓެލިޖެންސް އަދި އެނޫން ގޮތްގޮތުން ހޯދާފައިވާ މައުލޫމާތު ބޭނުންކޮށްގެ ކަރުދާހަށް ތިރިކޮށްގެން ތައްޔާރުވަމުން ދަނީ އެމަސައްކަތް ކުރުމަށް. ގޭންގް ޤާނޫނު ހިނގަން ފެށީމަ އެނގޭނެ ކުރަން ޖެހޭ މަސައްކަތްތަކާއި ދެން ހުރި ގޮންޖެހުންތަކާއި ދެން ހުރި ކަންތައްތައްވެސް. އޭރުން އެނގުނީމަ އަޅުގަނޑުމެންނަށް އެނގޭނީ އަކަންތައް ފޫބެއްދުމާއި ކަންތައްތައް ކުރަން.” ސީޕީ ނަވީން ވިދާޅުވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އައު ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު މިފަދަ ކުށްތައް މަދުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އައު ޤާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް އެޅިގެންދާ ބާރެއްގެ ގޮތުގައި ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ މިދިޔަ މޭއި މަހުގެ 25 ވަނަ ދުވަހުއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ އޭގެ 3 މަސް ފަހު އޯގަސްޓު މަހު އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
