
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެކަން ހާސިލް ކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދާތީ އެ އެއްބަސްވުން އުވާލައި މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޑިޒައިން ފައިނަލްނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިހުރި ކަމަށާއި އެއްބަސްވުމާ ޚިލާފަށް ޓެންޑަރ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު އެމްޑަބްލިއުއެސްސީއާ މަޝްރޫއުތައް ހަވާލުކޮށް، ކުރިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނަގައި އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވަޒީރު ޑރ. މުޠަލިބު ވިދާޅުވިއެވެ.
“އެކަންކަން ހައްލުކޮށް އެމްޑަބްލިއުއެސްސިން ދަނީ މަސައްކަތްތައް ފަށަން މޮބިލައިޒް ކުރުމަށް މަސައްކަތް ކުރަމުން. 2026ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް ރައީސް ނިންމަވާފައިވާ ނިންމުން އެޗީވް ވާނެގޮތައް މަސައްކަތް ކުރިއަށްދަނީ،” އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޑަބްލިއުއެސްއީ)
ވަޒީރު މުއްޠަލިބު ވިދާޅުވީ 2010 ވަނަ އަހަރުން ފެށިގެން އެކި ރަށްތަކުގައި ހިއްކާފައިވާ ސަރަހައްދުތަކުގައިވެސް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ބަޖެޓުގައި އެފަދަ ތަންތަނުގައި އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދެވޭގޮތަށް ހިމަނާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ލޯނު ފައިނޭންސްގެ އުސޫލުން ކަމަށް ވިދާޅުވިއެވެ. “އެފަދަ މަޝްރޫއަކަށް ބޭނުންވަނީ ބޮޑު އިންވެސްޓްމަންޓެއް. އެހާ ބޮޑު އިންވެސްޓްމަންޓެއް ކުރަން ބަލާއިރު ދައުލަތުގެ ބަޓުން ޚަރަދުކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ނުވަތަ ލޯނު ފައިނޭންސް އުސޫލުން ކުރިއަށްގެންދެވޭނެ މެކޭނިޒަމެއްގެ ތެރެއިން ބަޔަކު ހޯދައިން މަސައްކަތް ކުރިއަށްގެންދަން ދަނީ މަސައްކަތް ކުރަމުން،” އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައި ހުރި ގިނަ ރަށްތަކުގައި ވެސް ކޮމިޝަން ކުރުމަށްފަހު ކޮންޓްރެކްޓަރުގެ ފަރާތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބި ޚިދުމަތް ނުފެށި ހުރި ކަމަށްވެސް ވަޒީރު މުއްޠައްލިބު ވިދާޅުވިއެވެ. އެހެންނަމަވެސް ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އުސޫލުތައް ލުއިކޮށްގެން އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސްޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި”ގަނެވިއްކުން“ނިމުމަކަށް!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް...
ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) މި ލިޔުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ ބޭރުން، ނޫސްވެރިކަމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ޢަމަލުތަކަށް...
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑު މުއްދަތެއްގައި ނިންމާލައިފި
ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން...
ޔޫއޭއީ އަށް ހަމަލާއެއް ނުދެން: އީރާނު
ޔޫއޭއީއަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދިން ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އީރާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ. ޔޫއޭއީގެ އެޑްނޮކް ކުންފުނީގެ ޓޭންކަރަކަށް ދެ...
އެމެރިކާ އިން ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރަން އުޅޭނަމަ ރައްދު ދޭނެ: އީރާން
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ހޮރްމޫޒް ކަނޑުއޮޅިއަށް ނުފޫޒު ފޯރުވަން އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ)...
ތެޔޮ ފީފާއެއްގެ އަގު 115 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 115.01 ޑޮލަރަށް އުފުލިއްޖެއެވެ. މިއީ އިއްޔެއާ އަޅާބަލާއިރު 3.81 ޑޮލަރުގެ...
