
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ތިމާވެއްޓާއި ރައްޓެހި ޓެކްސީ ލައިނެއް ތަޢާރަފްކުރާނީ، މި ލައިންގެ ފްލީޓުގައި ހިމެނޭ އީވީ ކާރުތައް އާންމުންނަށްވެސް ގަނެވޭނޭފަދަ ގޮތަކަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. އެމްޑީ ސަޢުދީ މިހެން ވިދާޅުވީ، ބާރސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ޓެކްސީ ލައިނާއި ގުޅޭގޮތުން ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިނެއް ޤާއިމްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުއެވެ. މިއީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށާއި ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރު އެޅުމުގެ މަޤްސަދުގައި ތަޢާރަފްކުރާ ޚިދުމަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޓެކްސީ ލައިނާއި ގުޅޭގޮތުން ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، މިއަހަރުގެ ޖުލައި މަހުގެ ތަރޭގައި މި ޚިދުމަތް ދިނުމަށް ކުރިން ނިންމާފައިވާ ވީނަމަވެސް މިހާރު ޓެކްސީ ލައިންގެ ޚިދުމަތް މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ފެށޭނޭކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިގޮތަށް ބަދަލު އައިސްފައިވަނީ ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު ފެށުމަށް ހަމަޖެހިފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ސަޢުދީ ވިދާޅުވީ، ތިމާވެއްޓާއި ރައްޓެހި ޓެކްސީ ލައިނެއް ތަޢާރަފްކުރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ކުރާނީ ސަރުކާރުން ކަމަށާއި، މި ޚިދުމަތުގެ ސަބަބުން އެމްޓީސީސީގެ މާލީ ހާލަތަށް އެއްވެސް ގެއްލުމެއް ނުކުރާނެކަމަށެވެ. “މިއީ 100 ޕަސެންޓް ސަރުކާރުން ފަންޑްކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް. މީގެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ އިންވެސްޓް ކޮށްދޭން ސަރުކާރުން އަޅުގަނޑުމެންނާ އެގްރިމެންޓް މި އޮތީ. މީގެ ވަރަށް ބޮޑު ފީސިބިލިޓީ ސްޓަޑީއެއް ހަދާފަ އަޅުގަނޑުމެން މިއާ ހަވާލުވީ. މި ޕްރޮޖެކްޓުގެ ސަބަބުން އެމްޓީސީސީއަށް ލޮސްއެއް ނުވާނެ” އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.
ސަޢުދީ ވިދާޅުވީ، ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު އިލެކްޓްރިކް ވެހިކަލްތައް އުފައްދާނެ ކުންފުންޏެއް ހޯދައި، އެ ކުންފުންޏާއެކު ކޮންޓްރެކްޓް ހަދާފައިވާކަމަށެވެ. އަދި އެ ފަރާތަށް އެޑްވާންސްކޮށް ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މި ޕްރޮޑަކްޓްގެ ޑިސްޓްރިބިއުޓާޝިޕް އެމްޓީސީސީއަށް ދޭ ގޮތަށް އެއްބަސްވެގެން ޕާޓީ (އީވީ ވެހިކަލް އުފައްދާ ކުންފުނި) ސިލެކްޓް ކުރީ. މާނައަކީ އީވީ ކާރު ރާއްޖޭގައި އާންމުވާ ކަމަށްވާނަމަ، އާންމު ރައްޔިތުން ޓެކްސީ ލައިންގެ ފްލީޓުގައި މި ބޭނުންކުރާ ކާރު އަމިއްލަ ގޮތުން ގަންނަން ބޭނުންވާ ނަމަ އެމްޓީސީސީގެ ޓްރޭޑިންގެ ތެރެއިން ލިބޭނެ ގޮތަށް މަގުފަހި މި ކުރަނީ. ޔަންމާ އަދި ސުޒުކީ އިންޖީނު ވިއްކާ ގޮތަށް” އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ޓެކްސީގެ ޚިދުމަތަކީ އަސާސީ މުހިންމު ޚިދުމަތަކަށްވާއިރު، މިވަގުތު ޓެކްސީތައް ޒިންމާދާރުކުރުވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ހުރިހާ ވަގުތެއްގައި، ހުރިހާ ތަނަކަށް ދެވޭނެ ފަދަ ފަސޭހަ ގޮތަކަށް ޚިދުމަތް ބައްޓަންވެފައި ނެތެވެ. އެހެންކަމުން ޓެކްސީގެ މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން “މާލެ ފަހި” މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކަރުން ނިންމެވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާއެއްގެގޮތުގައި ޑްރައިވަރުން ނަގާއިރު ޕާޓް ޓައިމްކޮށް ދުއްވަންވެސް ޑްރައިވަރުން ނަގާނެއެވެ. ޓެކްސީ ލައިނަކީ ދެފަރާތުން އެއްބަސްވާގޮތަށް މީޓަރު އުސޫލަކުން ދުނިޔޭގެ ގިނަ ޤައުމުތަކުން ތަޢާރަފްކޮށްގެން ދޭ ޚިދުމަތަކަށްވާއިރު، މިކަމުގެ ސަބަބުން މުޅި ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ސްޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި”ގަނެވިއްކުން“ނިމުމަކަށް!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް...
ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) މި ލިޔުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ ބޭރުން، ނޫސްވެރިކަމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ޢަމަލުތަކަށް...
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑު މުއްދަތެއްގައި ނިންމާލައިފި
ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން...
ޔޫއޭއީ އަށް ހަމަލާއެއް ނުދެން: އީރާނު
ޔޫއޭއީއަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދިން ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އީރާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ. ޔޫއޭއީގެ އެޑްނޮކް ކުންފުނީގެ ޓޭންކަރަކަށް ދެ...
އެމެރިކާ އިން ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރަން އުޅޭނަމަ ރައްދު ދޭނެ: އީރާން
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ހޮރްމޫޒް ކަނޑުއޮޅިއަށް ނުފޫޒު ފޯރުވަން އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ)...
ތެޔޮ ފީފާއެއްގެ އަގު 115 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 115.01 ޑޮލަރަށް އުފުލިއްޖެއެވެ. މިއީ އިއްޔެއާ އަޅާބަލާއިރު 3.81 ޑޮލަރުގެ...
