
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަސްކަރީ ބާރުގެ ބޭނުންކޮށް އީރާންގެ ސަރުކާރު ވައްޓައިލައި، ވެރިކަން ބަދަލު ކުރަން ބޭނުން ނުވާ ކަމުގައި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އެމެރިކާގެ ރުހުމާ އެކު ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ބާރުގެ ބޭނުން ކޮށްގެން އީރާންގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ ވެރިކަން ވައްޓައިލުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމުގައި މެކްޚްރޮން ވިދާޅުވިއެވެ. ޚާމަނާޢީގެ ވެރިކަން ވައްޓައިލައިފި ނަމަ މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް ފެށިގެން ދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އެއީ، ޖޫން 13ވަނަ ދުވަހުއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މައި މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ޖެނެރަލުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނަށެވެ. މީގެ އިތުރުން، އީރާންގެ އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާ ދެމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 240އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި 70އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.
ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމަށް މެކްޚްރޮނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ވަނީ ޚިޔާލުތަފާތު ވުން އުފެދިފައެވެ. އަދި، ކެނެޑާގައި ބޭއްވި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ހަތް ޤައުމު، ގްރޫޕް އޮފް ސެވަން (ގީ7)ގެ ބައްދަލުވުމަށް ފަހު ދެ ބޭފުޅުން ވަނީ ބަހުގެ ޙަމަލާތަކެއް ބަދަލު ކުރައްވާފައެވެ.
ޖޫން 16ވަނަ ދުވަހު ކެނެޑާގައި ބޭއްވި ޖީ7ގެ ބައްދަލުވުން ނިމުމުގެ ކުރިން ޓްރަމްޕް ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގަންނަވާފައެވެ. އެ ކަމަށް އިޝާރާތް ކުރައްވައި މެކްޚްރޮން ވިދާޅުވީ، ބައްދަލުވުން ދޫކޮށް ޓްރަމްޕް ވަޑައިގަންނަވާފައި ވަނީ އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތްތައް ކުރިއެރުވުމަށް ކަމުގައެވެ. ނަމަވެސް، ޖޫން 17ވަނަ ދުވަހު ޓްރަމްޕް ވަނީ މެކްޚްރޮންގެ ވާހަކަފުޅު ދޮގު ކުރައްވާފައެވެ. އަދި، އޭނާ ޖީ7ގެ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވުމާއި އީރާން-އިސްރާއީލް ޙަމަލާ ބަދަލު ކުރުން ނިމުމަކަށް ގެނައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މެކްޚްރޮންއަށް އޮޅިވަޑައިގަންނަވާފައިވާ ކަމުގައި ވިދާޅުވެފައެވެ.
ނަމަވެސް މެކްޚްރޮން ވިދާޅުވީ، ޓްރަމްޕް މިހާރު ދައްކަވަމުން ގެންދަވަނީ ޖީ7ގެ ބައްދަލުވުމުގައި އޭނާ ދައްކަވާފައިވާ ވާހަކަފުޅާ ދިމާ އިދިކޮޅު ވާހަކަތަކެއް ކަމުގައެވެ. މި ގޮތުން، އީރާނާއި އިސްރާއީލާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކެނޑުމަކަށް ގެނައުމަށް ބޭނުންވާ ކަން ޖީ7ގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވެފައިވާ ކަމުގައި މެކްޚްރޮން ވިދާޅުވިއެވެ.
“އީރާނުން ނިއުކްލިޔަރ ހަތިޔާރެއް ހޯދުމަކީ އަޅުގަނޑުމެން ވެސް ބޭނުންވާ ކަމެއް ނޫން،” މެކްޚްރޮން ވިދާޅުވިއެވެ. “މި ވަގުތު އެޅޭނެ އެންމެ ފީކަޅާ ފިޔަވަޅަކީ އަސްކަރީ ބާރުގެ ބޭނުން ކޮށްގެން އީރާންގެ ވެރިކަން ބަދަލު ކުރުން، އެއިރުން އިތުރު ހަމަނުޖެހުންތަކެއް ފެށިގެންދާނެ. އަޅުގަނޑުމެންގެ ޒިންމާއަކީ ސުލްޙައިިގެ މަޝްވަރާތަކަށް ދެ ފަރާތް ގެނައުން، އަދި [އީރާންގެ] ނިއުކްލިޔަރ އަދި ބެލިސްޓިކް [މިސައިލް ޕުރޮގުރާމާ ގުޅޭ] ސުވާލާ މެދު އަލުން މަޝްވަރާތައް ފެށުން.”
ޓްރަމްޕް މިހާރު ގެންދަ ވަނީ އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވަމުންނެވެ. ޓްރަމްޕް ވިދާޅުވީ، “ޝަރުޠަކާ ނުލައި އަަމާންދިނުން” ނޫން ގޮތެއް އީރާނަށް ނެތް ކަމުގައެވެ. އަދި، އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން ފަސްވަނަ ދުވަހަކަށް ދެމިގެން ގޮސްފައިވާއިރު، އެމެރިކާގެ ކެތްތެރިކަން ކޮޅުންލަމުންދާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޔަހޫދީންނާ ބައިވެރިވެ، އީރާނަށް ޙަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަމުގައެވެ. އެމެރިކާއިން ވަނީ ވިލާތާއި މެދުއިރުމައްޗަށް އިތުރު ހަތިޔާރާއި، އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ޖަމާ ކުރަން ވެސް ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
