
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ސަބަބުން 17 ޤައުމަކަށް ނިޞްބަތްވާ 600އަށްވުރެ ގިނަ މީހުން އީރާނާ އިންވެގެން އޮންނަ އަޒަރުބައިޖާނަށް ގޮއްސިއެވެ. ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދޭން ފަށައި، އީރާނުގެ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށް ވަނީ ގެއްލުން ދީފައެވެ. އެ ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ 20 ކޮމާންޑަރުންނާއި އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުގައި އިސްކޮށް ޙަރަކާތްތެރިވާ ހަ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ.
އެ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ އޮޕަރޭޝަންގެ ދަށުން ވަނީ މިހާތަނަށް ދިހަ މިސައިލް ޙަމަލާ ޔަހޫދީ ދައުލަތަށް ދީފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ދައުލަތުގެ އެކި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ދެ ފަރާތުން ވަނީ ޙަމަލާތައް ބަދަލު ކޮށްފައެވެ. މި ޙާލަތުގައި އީރާނުގައި ތިބި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިޞްބަތްވާ މީހުން އެ ޤައުމު ދޫކޮށް ދަމުންދާއިރު، އަރުމޭނިޔާއިން ވެސް ވަނީ އެ ޤައުމު މެދުވެރިކޮށް އީރާނުގައި ތިބި އިންޑިޔާއަށް ނިޞްބަތްވާ 110 ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.
އީރާނުގެ ވެރިރަށް ތެހްރާނުން އަޒަރުބައިޖާނަށް އެއްގަމު މަގުން ދިޔުމަށް ގާތްގަނޑަކަށް އަށް ގަޑިއިރު ހޭދަވެއެވެ. އަދި އަރުމޭނިޔާއާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގާ ހަމައަށް ދިޔުމަށް 10 ގަޑިއިރު ހޭދަވެއެވެ. އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އައިޚާން ހާޖީޒާދީ ވިދާޅުވީ 51 ޤައުމަކަށް ނިޞްބަތްވާ 1،200 ރައްޔިތުން އީރާނުން އަޒަރުބައިޖާނަށް ހުރަސް ކުރުމަށް ޙުއްދައަށް އެދިފައިވެއެވެ. ޙަމަލާތައް ފެށުނު ފަހުން އީރާނުން އެ ޤައުމަށް ހުރަސްކޮށްފައި ވަނީ ކިތައް މީހުން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ވަނީ އެ ޢަދަދު 600އަށްވުރެ އިތުރުވާނެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ރަޝިޔާއާއި އެމެރިކާއާއި ޖަރުމަނުވިލާތާއި ސްޕެއިނާއި އިޓަލީވިލާތާއި ސަރބިޔާއާއި ރޮމޭނިޔާއާއި ޕޯޗުގަލްއާއި ޗައިނާއާއި ވިއެޓްނާމާއި އެކުވެރި ޢަރަބި އިމާރާތާއި ޖޯޖިޔާއާއި ބެލަރުސްއާއި ކަޒަކިސްތާނާއި ކިރިގިސްތާނާއި ތަޖިކިސްތާނާއި އުޒްބެކިސްތާނުގެ ރައްޔިތުން ހިމެނެއެވެ.
ކޯވިޑް-19ގެ އާލަމީ ވަބާއަށް ފަހު އަޒަރުބައިޖާނުން އެ ޤައުމުގެ އެއްގަމު ސަރަޙައްދީ ރޮނގު ހުޅުވާފައެއް ނުވެއެވެ. ނަމަވެސް އިންސާނީ ސަބަބުތަކަށް, އޮސްޓޯރޯ މެދުވެރިކޮށް ބޭރު ޤައުމުތަކަށް ނިޞްބަތްވާ ރައްޔިތުން އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު ދެއެވެ. ޔަހޫދީންނާއި އީރާނާ ދެމެދު ޙަމަލަާ ބަދަލުކުރަމުންދާއިރު އަޒަރުބައިޖާނަށް މި މަގުން އެތެރެވާ މީހުން އަނބުރާ ޤައުމަށް ދިޔުމަށް ވެރިރަށް ބާކޫއަށް ގެންދަނީ ބަހުގައި ކަމަށް މަސްދަރުތަކުން ބުނެއެވެ.އީރާނުން އަޒަރުބައިޖާނަށް ހުރަސްކުރި އެމެރިކާގެ ރައްޔިތެއް ބުނީ ތެޔޮއަޅާ ތަންތަނުގައި ދިގު ކިޔޫތައް ހަދާފައިވާ ކަމަށާއި ތެޔޮ ލިބުމުގައި ދަތިތައް ހުރި ކަމަށެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ މި ގޮތަށް ކިޔޫތައް ހަދާފައި މަންޒަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކިރިގިސްތާނުގެ ރައްޔިތެއް ކަމަށްވާ ނާޒިމް ބެއިޝްކެވް ބުނީ އޭނާއަކީ އަޒަރުބައިޖާނަށް ހުރަސްކުރި މެދުތެރޭ އޭޝިޔާއަށް ނިޞްބަތްވާ 28 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އޭނާއަށް އެ ޤައުމަށް އެތެރެވެވުނީ އެއްގަމު މަގުން ކުރި ދިގު ދަތުރަށްފަހު އިތުރު އަށް ގަޑިއިރު ކިޔޫގައި ހުރެެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދީ ކާބޯތަކެއްޗާއި ޞިއްޙީ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އިރާނުގައި ތިބި ޗައިނާގެ 26 ރައްޔިތުން ވެސް އަޒަރުބައިޖާނަށް ހުރަސް ކޮށްފައިވެއެވެ. އޭގެ އިތުރުން ރަޝިޔާއިން ވެސް ވަނީ އީރާނުގައި ތިބި ރަޝިޔާގެ ރައްޔިތުން އެ ޤައުމުން ނިކުތުމަށް އަޒަރުބައިޖާނުން އެހީތެރިވެދީފައި ވާތީ އެ ކަން ފާހަގަ ކޮށް އެ ޤައުމަށް ޝުކުރު ޢަދާ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
