
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ އިރުއުތުރުގައި ހުންނަ އެމެރިކާގެ ދެ އަސްކަރީ މަރުކަޒެއްގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގެންގޮސްފިއެވެ. އެމެރިކާއިން ސިފައިން ބާލާފައި ވަނީ އަލް-ވަޒީރާއި ތަލް ބައިދަރުންނެވެ. އެއާއެކު އެ ސަރަޙައްދުތަކުގައި މިހާރު ޙަރަކާތްތެރިވަމުން ދަނީ ހަމައެކަނި ސޫރިޔަން ޑިމޮކްރަޓިކް ފޯސަސް، އެސްޑީއެފުން އެކަންޏެވެ. މިއީ އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ހުސްކުރާ ސޫރިޔާގައި ހުރި އެމެރިކާގެ ހަތަރުވަނަ އަސްކަރީ މަރުކަޒެވެ. ޓްރަމްޕް ވިސްނަވާފައި ވަނީ ސޫރިޔާގައި ހުރި އަށް އަސްކަރީ މަރުކަޒު އެންމެ މަރުކަޒަކަށް މަދު ކުރައްވާށެވެ. އެ މަސައްކަތުގެ ދަށުން ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 2،000ން 500އަށް މަދު ކުރާނެ ކަމަށް ބެލެވެއެވެ.
އެސްޑީއެފްގެ ކޮމާންޑަރެއް ކަމަށްވާ މަޒްލޫމް އަބްދީ ވަނީ ސޫރިޔާގައި އެމެރިކާގެ ސިފައިން ޙަރަކާތްތެރިވާ މިންވަރު މަދުވެއްޖެ ނަމަ އެ ސަރަޙައްދަށް ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސްގެ ނުފޫޒު އިތުރުވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބަލިކަށިވެފައިވާ އައިއެސް ޖަމާޢަތް އަލުން ހަރުދަނާކޮށް އެކުލަވައިލުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުރީގެ އަސްކަރީ މަރުކަޒުތަކާއި ދިމިޝްޤުފަދަ ބައެއް ސަރަޙައްދުތަކުގައި އައިއެސްއިން ޙަރަކާތްތެރިވާން ފަށައި ޙަމަލާތައް ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
