
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާމެދު ދުނިޔެއިން ފިޔަވަޅެއް ނާޅައިފި ނަމަ އެ ބައިވެރިވެވެނީ ޔަހޫދީންގެ ޖަރީމާތަކުގައި ކަމަށް އުރުދުންގެ އަބްދުالله ރަސްގެފާނު ވިދާޅުވެއްޖެއެވެ. ފަރަންސޭސިވިލާތުގެ ސްޓްރަސްބަރގުގައި ވިލާތުގެ ޤާނޫނުހަދާ މަޖިލީހާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އަބްދުالله ރަސްގެފާނު ވިދާޅުވީ ޔަހޫދީން އީރާނަަށް ދެމުންދާ ޙަމަލާތަކަކީ މެދުއިރުމައްޗަށާއި އެހެން ސަރަޙައްދުތަކަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ. ޔަހޫދީންގެ ޢުދުވާންތައް އީރާން ވެސް ހިމެނޭ ގޮތަށް ފުޅާ ކޮށްފައިވާއިރު، ކުރިމަގުގައި ހަނގުރާމައިގެ މައިދާން ފުޅާވާނީ ކިހާ މިންވަރަކަށް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއީ ހުރިހާ ސަރަޙައްދެއްގެ މީހުންނަށް ވެސް އޮތް ނުރައްކަލެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަބްދުالله ރަސްގެފާނު މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ އީރާނުން ޔަހޫދީންނާ ދެކޮޅަށް ދެމުންދާ ޙަމަލާތަކުން ޔަހޫދީން ދިފާޢު ކޮށްދިނުމުގައި ޔަހޫދީންގެ އެންެމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާއި އެކު އުރުދުނުން ބައިވެރިވެ ޙަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައެވެ.
އަބްފުالله ރަސްގެފާނު ވަނީ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅޭގޮތުން ވެސް ވަރަށް ތަފްޞީލު ކޮށް ވާހަކަ ދައްކަވައިފައެވެ. ޣައްޒާގެ ޙާލަތު ރަނގަޅު ކުރުމަށް އަދި މައްސަލައަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ މައްސަލައަކީ އެންމެންގެ ސަލާމަތާ ގުޅުންހުރި މައްސަލައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި ހީނުކުރާ ވަރުގެ ބޮޑެތި ޖަރީމާތަކާއި ބަނޑުހައިހޫނުކަމަކީ ހަނގުރާމައިގެ ހަތިޔާރަކަށް ހަދާފައިވާ ހެދުމާއި، ޞިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނާއި ކުޑަކުދިންނަށް ޙަމަލާ ދިނުމަކީ އާދައިގެ ކަމަކަށް ހަދާލައިގެން ތިބެވެނީ އިންސާނިއްޔަތުގެ ކޮން ޙައިސިއްޔަތަކުންތޯ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. ޢުދުވާންތައް ނިމުމަކަށް ގެންނަންޖެހޭ ކަމަށް ފާހަގަ ކުރައްވައި އަބްދުالله ރަސްގެފާނު އިތުރަށް ވިދާޅުވީ މައްސަލައަށް ޙައްލެއް ހޯދޭނެ ހަމައެކަނި މަގަކީ އިންސާފުވެރިކަމާއެކު ޞުލްޙަ ޤާއިމު ކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަލީގައި، މައްސަލައިގައި ހިމެނޭ ދެ ފަރާތުން ވެސް ދެ ފަރާތް ބަލައިގަތުން ކަމަށެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 55،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އޭގެ އިތުރުން ޖޫން މަަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުަގައި މިހާތަނަށް 450އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ވެސް ގިނައީ އާންމުންގެ މީހުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
